އާބާދީގެ ނިސްބަތަށް ބަލާއިރު ވ. އަތޮޅަކީ މިހާރު ތެލެސީމިއާ ބަލި ތަހައްމަލުކުރާ އެއްވެސް މީހަކު ނެތް އަތޮޅެއް ކަމަށް މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ސާވިސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ތެލެސީމިއާ ދަފުތަރުގައި މުޅި ރާއްޖެއިން ޖުމްލަ 650 މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި މި ދަފުތަރުގައި އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. މި އުމުރުފުރާގެ 215 ކުދިން ތިބިއިރު، ދެވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ.
ފާއިތުވި ތިން އަހަރަށް ބަލާއިރު، 2023 ވަނަ އަހަރު 11 މީހުން، 2024 ވަނަ އަހަރު 18 މީހުން އަދި 2025 ވަނަ އަހަރުގެ މިހާތަނަށް 11 މީހުންނާއެކު ޖުމްލަ 40 ކުދިން އަލަށް ދަފްތަރުގައި ހިމެނިފައިވެ އެވެ.
އަތޮޅުތަކަށް ބަލާއިރު، އާބާދީގެ ނިސްބަތުން ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުން އެންމެ ގިނައިން ތިބީ ނ. އަތޮޅުގަ އެވެ. އެ އަތޮޅުގެ 13 ރަށަކުން 53 މީހުން ދަފްތަރުގައި ހިމެނޭއިރު، މިއީ ކޮންމެ ރަށަކަށް އެވްރެޖްކޮށް 4 މީހުންނެވެ. އަދި 18 މީހުންނާއެކު ތެލެސީމިއާ މީހުން ދެވަނައަށް އެންމެ ގިނައީ، ފ. އަތޮޅުގަ އެެވެ. 43 މީހުންނާއެކު މި ލިސްޓުގެ ތިންވަނާ ގައި އޮތީ، ލ. އަތޮޅެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ވ. އަތޮޅުގައި ތެލެސީމިއާގެ އެއްވެސް މީހަކު ނެތްއިރު، ދެވަނައަށް އެންމެ މަދީ މ. އަތޮޅެވެ. އެއީ، އެންމެ 3 މީހުންނެވެ.
ތެލަސީމިއާއަކީ މުޅި ޢުމުރު ދުވަހަށް ތަހައްމަލު ކުރަންޖެހޭ ބައްޔެކެވެ. މި ބަލި ތަހައްމަލު ކުރާ މީހުންގެ އަދަދު، އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖޭގައި ގިނައެވެ. އެހެންކަމުން ރާއްޖެއިން ތެލަސީމިއާ ބައްޔަށް ހައްލު ގެނައުމަށް ގައުމީ ފެންވަރުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބޮލީވުޑްގައި ވަކި ބައެއްގެ ނުފޫޒުގަދަ ކަމަށް ތުހުމަތު ކޮށްފި
މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިގެން ހޯދަނީ
ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން އީފާސް އަށް ނުވަދެވޭ