ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން މެނޭޖަރަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރަހީމް (ކުޑޫ) ހަމަޖައްސައިފި އެވެ.
އެމްޑީޕީން ބުނީ ޑެޕިޔުޓީ ކެމްޕޭން މެނޭޖަރުންގެ ގޮތުގައި ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ހަމަޖައްސާފައިވާ ކަމަށެވެ.
މީގެއިތުރުން އެ ޕާޓީގެ ކެމްޕޭން ތަރުޖަމާނަކަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަބްދުﷲ ވަހީދާއި ގައުމީ މަޖިލީހުގައި ވިލިނގިލި ދާއިރާ ތަމްސީލުކުރައްވާ ހުސައިން ހަސަން މިއަދު އައްޔަންކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީ ބާއްވާފަ އެވެ.
އެ ޕްރައިމަރީގައި މާލޭގެ މޭޔަރު ކަމާއި ތިނަދޫ މޭޔަރު ކަމުގެ ޓިކެޓް ކާމިޔާބު ކުރެއްވީ މިހާރު ވެސް ތިއްބެވި މޭޔަރުންނެވެ. އަދި ކުޅުދުއްފުއްޓާއި ފުވައްމުލަކާއި އައްޑޫގެ މޭޔަރު ކަމަށް ޕްރައިމަރީއަކާ ނުލައި މިހާރުގެ މޭޔަރުންނަށް ވަނީ ޓިކެޓް ލިބިފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،000ރ. އަށް ބޮޑުކުރަން ފާސްކޮށްފި
ތޫފާން "އަރްނަބް" އިންޑިއާގެ އަންދްރަ ޕްރަދޭޝަށް އަރައިފި
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މާދަމާ މަޖިލީހަށް ހުށަހަޅަނީ
