ރައްޔިތުންނާއި ސަރުކާރާ ދެމެދަށް އިދިކީލަ ވިސްނުން ނުވައްދަން ރައީސް މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
މިއަދު ބޭއްވި ޕީއެންސީގެ ކެމްޕޭން ހަރަކާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ މިއީ ރައްޔިތުންގެ ވިންދާއި އިހުސާސްތައް ގާތުން ދެނެގަނެ، އެއާ އެއްގޮތަށް ކަންކަން ކުރާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންނާއި ސަރުކާރާ ދެމެދަށް އިދިކީލަ ވިސްނުންތަކެއް ނުވައްދަން އެމަނިކުފާނު އެދިވަޑައިގަތެވެ.
"ސިޔާސީ ސަކަރާތް ޖެހުމާއި، ސިޔާސީ ޖަގަޑާ ހެދުމާއި، އެކި ކަހަލަ ގޮތްގޮތުން ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް ހުރަސްތަކެއް ކުރިމަތިވާނެ ފުރުސަތު ކައުންސިލް އިންތިހާބުގައި ނުދެއްވާށޭ، މި ސަރުކާރު މި އޮތީ އަޅުގަނޑުމެންގެ ރައްޔިތުންނާއި އެކީގައި،". ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ. އަދި ކައުންސިލަށް ހޮވަންވީ އެކަންކަމުގައި ހިފައި، އެ ކަންކަމަށް ބާރު އަޅައިދީ، ހިތްވަރުދީ މަގުފަހިކޮށްދޭނެ ބައެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އެެއަށް ހުރަސް އަޅައި، އެކި ކަހަލަ އުޒުތައް ދަައްކައި، އެކި ކަހަލަ ހުރަސްތައް ކުރިމަތިކޮށް، ތަރައްގީ މަޑުޖައްސަން، މުޖުތަމައުގެ ހަމަނުޖެހުން އަނބުރާ ގެނެސްދޭނެ ބައެއް ނޫނޭ،". ރައީސް ވިދާޅުވި އެވެ.
މީގެކުރިން ވެސް ރައީސް ވަނީ ބައެއް ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މަޝްރޫއުތައް ހިންގަން ބޭނުންވާ ބިންތައް ދިނުމަށް ބައެއް ކައުންސިލްތަކުން ދެކޮޅު ހަދަމުން އަންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ އެ ވާހަަކަފުޅަށް ބައެއް ކައުންސިލްތަކާއި އިދިކޮޅު އެމްޑީޕީން ވަނީ ރައްދުދީފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްތަކަށް ވަޑައިގެން އެމަނިކުފާނު ބިންގާ އެޅީ ބިން ނުދެނީސްތޯ އައްޑޫގެ މޭޔަރު އަލީ ނިޒާރު ސުވާލު އުފެއްދެވި އެވެ.
އެއް އައިޑީ ކާޑު ބޭނުންކޮށްގެން ނެގޭނީ 2 މަސްދަޅު ކޭސް
ވަތަނީ ހިދުމަތުގެ 2 ވަނަ ބެޗުގެ ބައިވެރިން ތަންރީނުތަކަށް
