ރާއްޖޭގައި ބޭރު ފައިސާ ދައުރުވާ މިންވަރާއި، އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު އިތުރުވެފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އިއްޔެ ވަނީ ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށްދިޔަ "މޯލްޑިވްސް ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް"ގައި ބައިވެރިވެވަޑައިގެންފަ އެވެ. އޭޝިއާ ޕެސިފިކް ކޮމިޓީ އޮފް ޖާމަން ބިޒްނަސްއިން އިންތިޒާމުކުރި މި ބައްދަލުވުމުގައި ރައީސް ވަނީ، ޖަރުމަނުގެ އިސް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އިގުތިސޯދީ ގުޅުން ބަދަހިކުރުމާއި އިންވެސްޓްމަންޓްތައް ފުޅާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފަ އެވެ.
އެ މަނިކުފާނު ވަނީ ރާއްޖެއިން 2040 ވަނަ އަހަރަށް ކުރާ ތަސައްވުރަކީ ދިވެހި އިގްތިސޯދު ހަރުދަނާކޮށް، މުއައްސަސާތައް ޒަމާނީކުރުމަށާއި، ގައުމީ ތަރައްގީއަށް ކަނޑައަޅާފައިވާ ޢަޒުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އެގޮތުން، މާލީ ނިޒާމުތައް ޒަމާނީކުރުމާއި، ބޭރުފައިސާ މާރުކުރުމަށް ހުރި މަގުތައް އިތުރަށް ފަހިކުރުމާއި، އާންމު ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއްކަމުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކުރެވި ބޭރު ފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ، މާލީ އަހްލާގު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއްކަމުގައި ވިދާޅުވެފަ އެވެ.
އެފަދަ އީޖާބީ ކުރިއެރުންތަކުގެ ސަބަބުން ރާއްޖެއާމެދު އިންވެސްޓަރުންގެ މެދުގައި އިތުބާރު އިތުރުވެ ގޫގުލް ފަދަ ފަންނިއްޔާތުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި އިންވެސްޓްކުރަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ގޫގުލްއިން އައްޑޫގައި ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއްއިތުރަށް ވިދާޅުވުމަށްމީގެ އިތުރުން ހަކަތައިގެ ރައްކާތެރިކަމާއި ހަކަތައިގެ އަގުތަކަކީ ރާއްޖެއަށް ހައްސާސް ގޮންޖެހުމެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ އެނާޖީ ޓްރާންސިޝަންގެ ދާއިރާއަކީ ވެސް އުފެއްދުންތެރިކަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ސޯލާ ސިޓީ ފަދަ މަޝްރޫޢުތަކުގެ އަމާޒަކީ ހަމައެކަނި ކާބަން ބޭރުކުރާ މިންވަރު މަދުކުރުން ނޫންކަމަށާއި ޖަޒީރާތަކާއި އައްސޭރިފަށުގެ ވަސީލަތްތަކަށް ބަރޯސާވާ ދުނިޔޭގެ އިގްތިސޯދުތަކަށް އަތްފޯރާފަށުގެ ދެމެހެއްޓެނިވި އަދި ނަކަލުކުރެވޭފަދަ ހައްލުތަކެއް އުފެއްދުމަކީވެސް އެފަދަ މަޝްރޫތަކުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެ މަނިކުފާނު ވަނީ މިފަދަ ޢަމަލީ އަދި އިތުރަށް ތަނަވަސްކުރުމުގެ ފުރުސަތު ހުރި ހައްލުތައް ރާއްޖޭގައި ތަޙުލީލުކުރާނެކަން ވެސް ފާހަގަކުރައްވާފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރެވޭ އިތުބާރު އިތުރުކުރުމުގައި ޖަރުމަނުވިލާތުގެ އިންވެސްޓަރުންނާއި ޓުއާ އޮޕަރޭޓަރުންނާއި މާލީ މުއައްސަސާތަކުން އަދާކޮށްފައިވާ ފާހަގަކޮށްލެވޭ ދައުރުގެ މައްޗަށްވެސް ރައީސް ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އަދި 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއާ" ކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ވިދާޅުވެ މި ހަރަކާތުގައި ބައިވެރިވުމަށް ޖަރުމަނުވިލާތުގެ އިންވެސްޓަރުންނަށް އެމަނިކުފާނު ވަނީ ދައުވަތުއަރުވާފައެވެ. އަދި އިންވެސްޓްކުރުމުގެ އާންމު މޮޑެލްތަކުގެ އިތުރުން ދާދި ފަހުން އިފުތިތާޙުކުރި ޕްރޮޖެކްޓް އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ފަދަ މަޝްރޫޢުތައްވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ހާއްސަ ހިދުމަތްތައް ތަރައްގީކޮށް ބޭސްފަރުވާއަށް އެހެން ގައުމުތަކަށް ދާންޖެހޭ މިންވަރު މަދުކޮށްގެން ރާއްޖޭގެ ޞިއްޙީ ޚިދުމަތް ޒަމާނީކޮށް ފުޅާކުރުމާ ބެހޭގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި މިދާއިރާގައި ޖަރުމަނުވިލާތާއި ރާއްޖޭގެ މަސްލަހަތު އެއްގޮތްވާކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، މާލީ ދާއިރާގައި ހުރި އިންވެސްޓްކުރުމުގެ ފުރުޞަތުތަކަށް ބައްލަވައި ރާއްޖޭގެ އަމާޒަކީ ދިގު މުއްދަތުގެ ބައިވެރިވުންތަކަށް ޖާގަދޭ ފަދަ، ދެފުށްފެންނަ، ނަތީޖާ އަންދާޒާކުރަން ފަސޭހަ އަދި ގަވާއިދުތަކެއްގެ މައްޗަށް ބަރޯސާވާ މާލީ ވެއްޓެއް ފޯރުކޮށްދިނުންކަމުގައި ވިދާޅުވެފަ އެވެ.
ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ޖަރުމަނުގެ އޮފިޝަލަކު ގޮވާލައިފި
ހުއިފިލަނޑާތައް ނީލަން ކިޔަނީ ޕީޖީގެ ލަފާގެ މަތިން: ފުލުހުން
