ވިކްޓޯރިއާ ބެކަމް، އޭނާގެ ދޮށީ ދަރިފުޅު ބްރުކްލިންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އަލުން ގުޅުން ބަދަހިކުރުމުގެ އުންމީދުގައި ލޯތްބާއެކު ފިޔަވަޅެއް އަޅައިފި އެވެ.
މިގޮތުން، "ވެލެންޓައިންސް ޑޭ" އާ ގުޅުވައިގެން ވިކްޓޯރިއާގެ ދަރިފުޅު ހާޕާ، އޭނާގެ ހުރިހާ ބޭބެމެންނާއެކު (ބްރުކްލިން ހިމެނޭހެން) ނަގާފައިވާ ކުރީގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރުމުން، ވިކްޓޯރިއާ ވަނީ އެ ފޮޓޯ ރިޕޯސްޓްކޮށްފަ އެވެ. ހާޕާ ބުނެފައިވަނީ އޭނާގެ ބޭބެމެންނަކީ ދުނިޔޭގައި ތިބި އެންމެ މޮޅު ބޭބެމެން ކަމަށެވެ.
މި ކަންތައްތައް މިހެން ހިނގާފައި މިވަނީ، ބްރުކްލިން އޭނާގެ މައިންބަފައިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ހަރުކަށި ބަސްތަކެއް ރައްދުކޮށް، އާއިލާއަށްވުރެ ބޮޑަށް އޭނާގެ އަނބިމީހާއަށް އިސްކަންދޭނެ ކަމަށާއި، އާއިލާއާ ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަމެއް ނެތްކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ނަމަވެސް، ބެކަމް އާއިލާގެ ގާތް އެކުވެރިއެއް ކަމަށްވާ މަޝްހޫރު ޝެފް ގޯޑަން ރަމްސޭ "ދަ ސަން" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ޑޭވިޑް އާއި ވިކްޓޯރިއާ އަދި ބްރުކްލިންގެ ގުޅުން ކުރިއަށް އޮތް ތަނުގައި ރަނގަޅުވާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.
"ވިކްޓޯރިއާ ހުރީ މިކަމާ ވަރަށް ދެރަވެފައި. ޑޭވިޑް އޭނާގެ ދަރިފުޅު ދެކެ ވާ ލޯތްބަކީ ކޮންމެ ވަގުތަކުވެސް ފެންނަން އޮތް ހަގީގަތެއް،" ރަމްސޭ ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، ލޯބީގެ މަސްތުގައި ޖެހުމުން ބައެއް ފަހަރު އާއިލާއާ ދުރުވެވިދާނެ ކަމަށާއި، ނަމަވެސް ވަގުތާއެކު އެކަންކަން ހަމައަކަށް އެޅޭނެ ކަމަށެވެ. އަދި ބެކަމްގެ ދެމަފިރިންނަކީ ދަރިން ބެލުމުގައި ނަމޫނާ ބައެއް ކަމަށާއި، ބްރުކްލިންއަށް ދިމާވި އެކި މައްސަލަތަކުގައި އެތައް ފަހަރަކު އޭނާ ސަލާމަތްކޮށްދީފައިވާކަން ރަމްސޭ ފާހަގަކުރި އެވެ.
މީގެ އިތުރުން، ބްރުކްލިންގެ ކޮއްކޮ ކްރޫޒް ވެސް ވަނީ މީގެ ކުރިން ބްރުކްލިންއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ބްރުކްލިންގެ މައިންބަފައިން އޭނާ "އަންފޮލޯ" ކުރި ކަމަށް ދެކެވުނު ވާހަކަތަކަށް ރައްދު ދެމުން ކްރޫޒް ބުނީ، އޭނާގެ މައިންބަފައިން ދުވަހަކުވެސް ދަރިއަކު އަންފޮލޯ ނުކުރާނެ ކަމަށެވެ. އަދި ހަގީގަތަކީ ބްރުކްލިން އޭނާގެ މައިންބަފައިންނާއި ކޮއްކޮ ވެސް "ބްލޮކް" ކޮށްފައިވާ ކަން ކަމަށް ކްރޫޒް ހާމަކުރި އެވެ. މިއީ އާއިލާގެ ތެރޭގައި އުފެދިފައިވާ މި ހިޔާލުތަފާތުވުންތަކާ ގުޅޭގޮތުން ބެކަމް އާއިލާގެ މެންބަރަކު ސީދާ ގޮތެއްގައި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ.
މާލެ ކައިރީގައި އޮތް މަސް ދޯންޏެއްގައި ރޯވެ އަނދަނީ
ޖެކޮލިންއަށް ހަދިޔާއަކަށް ހެލިކޮޕްޓަރެއް ފޮނުވައިފި
ތިންވަނަ ދަރިފުޅަށް ކަރީނާ ބަނޑު ބޮޑު؟