ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ބިލަށް ގެނެސްފައިވާ މާއްދާ އުވާލަން ހުށަހަޅައިފި އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އާންމު، ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ބިލަށް ގެނެސްފައިވާ މާއްދާ އުވާލަން މިއަދު ޖަލްސާގައި ހުށަހެޅީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ބިލުގައި އަދި ގާނޫނުގައި ވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ދީފައި އޮންނަނީ ހެލްތު މިނިސްޓަރަށެވެ. ނަމަވެސް އެ ބިލް ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ ރައީސަށް އެ ބާރު ދެވޭ ގޮތަށް ބިލު ބަދަލުކޮށްފަ އެވެ.
ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް މިއަދު އިސްލާހު ހުށަހަޅުއްވަމުން ޝާހިދު ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުން ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވެގެން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައަކަށް އެދުމުން މަޖިލީހަށް ދީފައިވާ ލަފާގައިވާ ގޮތުން ގާނޫނުއަސާސީގައި ހިމެނޭ ކުއްލި ހާލަތާއި ގާނޫނުގައި ހިމެނޭ ކުއްލި ހާލަތަކީ ދެ ހާލަތު ކަން ފާހަގަކޮށްފައިވާކަން އެނގޭ ކަމަށެވެ.
ސްޕްރީމްކޯޓުގެ ހުކުމް އެހެން އޮތުމުން ޝާހިދު އެދުނީ ރައީސަށް އެ ބާރު ދެވޭ ގޮތަށް ޖުޑިޝަރީ ކޮމިޓީއިން ގެނެސްފައިވާ އިސްލާހް ނެގުމަށެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބިލުގައި ހިމެނޭ މައިގަނޑު ދެ ކަމާ ގުޅޭ ގޮތުން ވެސް ހިޔާލު ތަފާތުވުން އެބަހުއްޓެވެ. އެ ގޮތުން މަޖިލީހަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ރައްޔިތުންގެ މަޖިލީހަށް ރުހުން ދޭން އޮތް މާއްދާ ފާސްކުރުމާ މެދު އޮތް ހިޔާލު ތަފާތުވުން ފާހަގަކުރެވެ އެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން ބޭނުން ވަނީ އާންމު ސިއްހަތުގެ ގާނޫނު މިހާރު އޮތް ގޮތަށް ބޭއްވުމަށެވެ. އެއީ މަޖިލީހަށް ގަރާރުގެ ރުހުން ހޯދާ ގޮތަށް ބިލު ބަދަލު ނުކުރުމަށެވެ. އަދި ރައީސަށް އެ ބާރު ދިނުމުގެ ބަދަލުގައި ހެލްތު މިިނިސްޓަރަށް މިހާރު ވެސް ދީފައިވާ ގޮތަށް ބާއްވަން އެމްޑީޕީގެ އަނެއް މެންބަރުން ބޭނުންވެ އެވެ.
ޢެޗްޕީއޭ އަށް ބާރު ދިނީމާ ޖުމްހޫރިއްޔާ އަށް ވެސް ފަސޭހަ ވާނެ. މިއޮއްހުރިހާ ދުވަހުވެސް އޗޕއ އިން ދޯ އެ ބެލެހެއްޓީ. ދެންވެސް ރަގަޅު ވާނީ ހަމަ އެޗްޕީއޭ .
ކޮއްކޮތަކާއެވެ. ނޭފަތް ފޮޅަން ކަނދުރާ ވަށައިގެން އަތްގެންގޮސް ފޮޅުމަށްވުރެ ސީދާ އަތް އުފުލާލައި ނޭފަތުގައި ހިފަގެން ފޮޅާލުން މާފަސޭހަވާނެ ނޫންތޯއެވެ. ވީމާ ކޮން ގެމެއް ޖައްސާކަށްތޯއެވެ ތިއުޅޭނީ. ތިއޮތީ ކަލޭމެނަށް ގަނޑުކޮށް މަޖިލިސް ލިބިފައެވެ. އެހެޔޮތާ ދޮގާ މަކަރާއި އޮޅުވާލުމުން ނުވަތަ އިންޑިއާ އެމްބަސީގެ އެނހީގައި ނަމަވެސް ތިއޮތީ ލިބިފައެއްނޫންތޯއެވެ. އެމްޑީޕީ ރިޔާސީ ކެންޑިޑޭޓު މިހާރު ރައީސް އިބޫ ގެ އިތުބާރުނެތްކަމަށް ވޯޓެއްނަގައި ނިންމާލަ ބަލާށެވެ. ރައީސުލް ޖުމްހޫރިއްޔާ އަކީ ބޮޑު ޖޯކެއްތަ؟