ހއ. ކަނޑާލިފިނޮޅަކީ އެ އަތޮޅު ވަށަފަރުގެ ބައެއް ކަމުގައި އަދި ރ. އުނގުލަކީ އެ އަތޮޅު އުނގޫފާރުގެ ބައެއް ކަމުގައި ރައީސް މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރައީސް މިގޮތަށް ކަނޑައެޅުއްވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ގަރާރު އެކަށައެޅުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރުގެ ޖަދުވަލުގައި ހިމަނައިފައިވާ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފަ އެވެ.
މީގެކުރިން ވެސް ރައީސް ވަނީ ބައެއް ފަޅުރަށްތައް އެކި ރަށަށުގެ އިހްތިސާސްގެ ތެރެއަށް ލައިފަ އެވެ.
"ގްރީން ޓީ"އަކީ ހަޖަމު ކުރުމުގެ މައްސަލަތަކަށް ފަރުވާއެއް ތަ؟
30ގެ އަހަރުތަކުގައި ކަކުލުގެ ރިހުމަށް މެދުވެރިވާ ސަބަބު!
"އެވެންޖާސް: އެންޑްގޭމް" އަލުން ރިލީޒް ކުރަނީ!
