ސައުދީ އަރަބިއްޔާއާއި އޮމާނަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކާއި ޑްރޯންތަކަކީ ޕާޝިއަން ގަލްފުގައި އޮންނަ އެމެރިކާގެ ފަސްވަނަ ފްލީޓުން ފޮނުވާލި ހަމަލާތަކެއްކަން ހާމަވެއްޖެ އެވެ.

މިކަން މީޑިއާ ތަކަށް ކަށަވަރުކޮށްދީފައި ވަނީ ރަޝިޔާގެ ރިޓަޔަރޑް ކާނަލް ޖެނެރަލްއެއްގެ އިތުރުން ރަޝިޔާގެ އެއަރޯސްޕޭސް ފޯސަސްގެ ކުރީގެ ކޮމާންޑަރ-އިން-ޗީފް ވިކްޓަރ ބޮންޑަރޭވް އެވެ.

ވިކްޓަރ ނިކޮލަޔެވިޗް ބޮންޑަރޭވް އަކީ ރަޝިޔާގެ ރިޓަޔަރޑް ކާނަލް ޖެނެރަލްއެއްގެ އިތުރުން ރަޝިޔާގެ އެއަރޯސްޕޭސް ފޯސަސްގެ ކުރީގެ ކޮމާންޑަރ-އިން-ޗީފް އެވެ. އަދި އެއަރޯސްޕޭސް ފޯސަސްގެ ގޮފިތަކުގެ ތެރޭގައި ވައިގެ ސިފައިން ހިމެނުމުގެ ކުރިން، އޭނާއަކީ ވައިގެ ސިފައިންގެ ކޮމާންޑަރ-އިން-ޗީފް އެވެ.

ބޮންޑަރޭވް ވިދާޅުވި ގޮތުގައި މި ހަމަލާތައް ފޮނުވާލާފައިވަނީ އީރާނާ އިންވެގެން އޮންނަ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދާ ކައިރިންނެވެ. މިއީ މި ހަމަލާތަކުގެ ޒިންމާ އީރާނުގެ ބޮލުގައި އެޅުވުމަށާއި، ހަމަލާ ދިން އަސްލު ފަރާތް އޮޅުވާލުމަށް ރޭވިގެން ހިންގާފައިވާ އޮޕަރޭޝަނެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މި ހާދިސާއާ ގުޅިގެން ސަރަހައްދީ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، މިއީ މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރެވުނު ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.