އިޒްރޭލްގެ ޖާސޫސީ އިދާރާ، މޮސާޑްގެ އެންމެ ނުފޫޒުގަދަ އެއް ޝަހުސިއްޔަތުގެ އަތުގައި ހުރި ނުރައްކާތެރި ޖާސޫސީ ސޮފްޓްވެއާއަކާއި ސިއްރު ލިޔެކިޔުންތަކެއް އީރާނުން ހެކްކޮށް ލީކުކޮށްލާފައިވާކަން ހާމަވެއްޖެ އެވެ.
މި ހަމަލާގެ ފަހަތުގައިވަނީ އީރާނުގެ "ހަންސަލާ އިލެކްޓްރޯނިކް ގްރޫޕް" ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ގްރޫޕުން ވަނީ މޮސާޑްގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަ އޮފް ޕްލޭނިން އެންޑް ސްޓްރެޓެޖީ އަދި މިހާރުގެ އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒްގެ ޖެނެރަލް ޑިރެކްޓަރު ލޯރާ ގެލިންސްކީގެ އަތުގައި ހުރި މުހިންމު މައުލޫމާތުތަކެއް ހޯދާފަ އެވެ.
ލޯރާ ގެލިންސްކީ އަކީ އިޒްރޭލުގެ ޖާސޫސީ ދާއިރާގައި މިވަގުތު ހުރި އެންމެ މުހިންމު އަދި އިސް ފަރާތެވެ. އޭނާގެ އަތުން ލީކުވި ލިޔެކިޔުންތަކުގެ ތެރޭގައި އިޒްރޭލުގެ ގައުމީ ސަލާމަތާ ގުޅުންހުރި ނާޒުކު މައުލޫމާތުތަކެއް ހިމެނޭ ކަމަށް ބެލެވެ އެވެ.
މި ހާދިސާއާ ގުޅިގެން އިޒްރޭލުގެ ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، މިއީ ފަހަކަށް އައިސް އީރާނާއި އިޒްރޭލާ ދެމެދު ކުރިއަށްދާ ސައިބާ ހަނގުރާމައިގައި އީރާނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ.
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
މި ދުވަސްވަރު ކެއިންބުއިމުގައި ސަމާލުކަން ދޭންވީ ދެތިން ކަމެއް!
ތާރީހީ ދަތުރަށްފަހު "އާޓެމިސް 2"ގެ ބައިވެރިންގެ ތަޖުރިބާ