ލ. މާވަށު ކައުންސިލްގެ ރައީސަކު ހޮވުމަށްޓަކައި މިއަދު މާވަށުގައި ބޭއްވި އިންތިޚާބުގެ ނަތީޖާއާ އެކު ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު މޫސާ އިންތިޚާބު ކާމިޔާބު ކުރައްވައިފި އެވެ.
މިއަދު ކުރިއަށްގެންދިޔައީ މާވަށު ދެ ނަންބަރު ވޯޓު ފޮށީގެ ވޯޓުލުމެވެ. އެ ފޮށީގެ ވޯޓުލުން އަލުން ކުރިއަށް ގެންދިޔައީ މިިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި މާވަށަށް ނިސްބަތް ނުވާ މީހަކު އެ ފޮއްޓަށް ވޯޓުލާފައިވާއިރު، ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު މޫސާ އާއި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އަބްދުއްރަހްމާން ލިބުނު ވޯޓު އެއްވަރު ވުމުންނެވެ. އެ ދެ ބޭފުޅުންނަށް ވެސް ކުރިން ލިބިފައި ވަނީ 525 ވޯޓެވެ.
މިއަދު ބޭއްވި އިންތިޚާބުން އަހްމަދު މޫސާ އަށް ލިބުނީ 218 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އަބްދުއްރަހްމާނަށް ލިބުނީ 223 ވޯޓެވެ.
ޖުމްލަ ވޯޓަށް ބަލާއިރު، އަހްމަދު މޫސާ އަށް 557 ވޯޓު ލިބުނުއިރު، އާދަމް އަބްދުއްރަހްމާނަށް ލިބުނީ 531 ވޯޓެވެ.
މާވަށު ކައުންސިލްގެ މެޖޯރިޓީ ނަގާފައި ވަނީ ޕީޕީއެމް އިންނެވެ. ޖުމްލަ ފަސް ގޮނޑީގެ ތެރެެއިން އެމްޑީޕީއަށް ލިބުނީ އެންމެ ގޮނޑިއެކެވެ.
ޔޫއްޕެ ބަލިކޮށް ޕީއެންސީ ޕްރައިމަރީ އަދީމް ކާމިޔާބު ކޮށްފި
ޑްރަގްގެ ބޮޑު މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި
ދިރާގުން ދޭ ފުރުތަމަ ސްޕީޑްބޯޓްގެ ނަސީބުވެރިޔާ ހޮވުން ހުކުރުގައި
