މާލޭގައި 2020 ވަނަ އަހަރު 11 އަހަރުގެ އަންހެންކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާ ގެސްޓްހައުސް އަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އަނީސް ހިލްމީ އަނެއްކާވެސް ދޫކޮށްލައިފި އެވެ.
ދައުލަތުން ވަނީ އަނީސް ހިލްމީގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމާއި ޖިންސީ ގޯނާކުރުމަށްޓަކައި ކުއްޖަކު ގްރޫމުކުރުމާއި އޮރިޔާން ކާޑު ގެންގުޅުނު ކަމަށް ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން އޮރިޔާންކާޑު ގެންގުޅުކަމުގެ ދައުވާ ސާބިތުވެ ހުކުމްވެސް ކުރި އެވެ.
އޭނާއަށް ތުހުމަތުކުރެވެނީ ކޮވިޑު ލޮކްޑައުންގެ ދުވަސްވަރު މަގުމަތިން ދިމާވި 11 އަހަރުގެ އަންހެން ކުއްޖަކާ ވާހަކަދައްކައި، ފޯނެއް ގަނެދޭނެ ކަމަށް ބުނެ، ކައިރީގައި ހުރި ފިހާރައަކުން ދަޅާއި ބޮޑީސްޕްރޭ ފުޅިއެއް ގަނެދީ، ކުއްޖާ ގްރޫމްކޮށް، އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށެވެ.
މި ސަރުކާރާ ގުޅުން އޮންނަ ކަމަށް ބެލެވޭ އަނީސް 2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބު ދުވަސްވަރުވެސް ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އިންތިހާބަށްފަހު އޭނާ ވަނީ އެ އަހަރުގެ މާޗް މަހު އަލުން ހައްޔަރުކޮށްފަ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަނެއްކާވެސް އަނީސް ދޫކޮށްލާފައިވާކަން "ހުރިހާ" އަށް ވަނީ އެނގިފަ އެވެ. އޭނާ ފަހުން ހައިކޯޓުން ކުރި އަމުރަކާއި ގުޅިގެން ރިމާންޑް ޖަލެއްގައި ބަންދުކުރިނަމަވެސް، އޭގެފަހުން ގޭބަންދަށް ބަދަލުކުރި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
މިހާރު އޭނާ ގެންދަނީ ހއ. ބާރަށުގައި ޕީއެންސީގެ ކެމްޕޭނުގައި އަމަލީގޮތުން ހަރަކާތްތެރިވަމުންނެވެ.
އިންތިހާބާ ދިމާކޮށް ސަރުކާރުން ގިނަ އަދަދެއްގެ ކުށްވެރިން ދޫކުރާކަމުގެ ތުހުމަތުތަކެއްވެސް ދަނީ ކުރެވެމުންނެވެ. އޭގެ ތެރެއިން ބައެއް ރަށްރަށުގެ ޑްރަގުގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލާފައިވެ އެވެ.
އަލިފާނުގެ ވަޅުގަނޑެއް ފަތުރުވެރިންގެ މަގުބޫލު މަންޒިލަކަށް!
މޮޓޯއެކްސް ސައިކަލެއް ހޯދަން ރަނުގެ ފުރުސަތެއް!
ސުޝްމިތާއަށް ފިލްމުތަކުން ފުރުސަތު ލިބުން މަދުވީ ކީއްވެ؟