ކައިވެނި ކުރާނީ ކޮން އިރަކުންތޯ ތަކުރާރުކޮށް އެހުމުން ބޮލީވުޑްގެ ތަރި ކްރިތީ ސެނަން އެންމެ ފަހުން ރުޅިގަދަ ވެއްޖެ އެވެ.
މާޗް މަހުގެ 27 ވަނަ ދުވަހު އޮތް ޓައިމްސް ސަމިޓްގައި ބައިވެރިވި ކްރިތީއަށް އެ ސުވާލު ކުރެވުމުން އޭނާ ވަނީ އެއަށް ވަރުގަދަ ރައްދެއް ދީފަ އެވެ.
ކްރިތީ ބުނީ އަންހެނެއްގެ އަގު ކަނޑައަޅާނީ އޭނާގެ ޒަވާޖީ ހަޔާތުން އެކަނި ނޫން ކަމަށާއި ކުރިއަށް ފިޔަވަޅެއް އަޅާނީ އެކަމަށް އޭނާ ފުރިހަމައަށް ތައްޔާރު ވުމުން ކަމަށެވެ.
"ތިއީ ކަންމަތީ ދައްތައެއްތަ އަހަރެންގެ ކައިވެނީގެ އަހަން؟ ކައިވެންޏަކީ ދިރިއުޅުމުގެ ހުރިހާ ކަމެއް ނޫން. ކައިވެންޏަށްވުރެ މާ މުހިއްމު ކަންތައްތައް އެބަހުރި" ކްރިތީ ބުންޏެވެ.
އެއާއެކު އޭނާއަކީ ކައިވެންޏަކަށް އަވަސް އަރުވާލައިގެން އުޅޭ މީހެއް ނޫން ކަމަށާއި ކައިވެންޏަކާ ހިސާބަށް ދާނީ ރަނގަޅު ވަގުތު އައިސް ޖެހުމުން ކަމަށް ވެސް ކްރިތީ ބުންޏެވެ.
ކްރިތީ މި ބީދައިން ވާހަކަ ދައްކާފައި މިވަނީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ކަބީރު ބަހިއާއާ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.
ބީއެމްއެލްގެ މުވައްޒަފުންގެ އަގުވަޒަންކޮށްފި
ރިޔާސީ ދައުރު ދަންމާލާކަށް ނުވިސްނަން: ރައީސް
ހެރީ ޕޮޓާއަށް ބޮޑު ސަމާލުކަމެއް!