ހަ އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ސެލީން ޑިއޯންގެ ކޮންސެޓެއް ބާއްވަން އުޅޭކަން އިއުލާން ކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު ފާހަގަކުރި ސެލީންގެ އުފަން ދުވަހާ ގުޅުވައިގެން އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސްޓޭޖަށް އެނބުރި އަންނަން އޭނާ ތައްޔާރު ކަމަށެވެ.
އެގޮތުން އަންނަ ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހުގެ ތެރޭގައި ފްރާންސްގެ ވެރިރަށް ޕެރިސްގައި އޭނާގެ 10 ކޮންސެޓެއް އޮންނާނެ ކަމަށް ސެލީން ބުންޏެވެ.
"އަހަރެން މިހާރު ރަނގަޅު. އަހަރެންގެ ސިއްހަތަށް މިދަނީ ބަލަމުން. އަހަރެން އަލުން ލަވަކިޔަން ވެސް ފަށައިފިން. އެއީ އަހަރެން އެންމެ ލޯބިކުރާ ކަންތައް" ސެލީން ބުންޏެވެ.
2022 ވަނަ އަހަރު މަދުން ނުފެންނަ ނާރުގެ ބައްޔެއް ކަމަށްވާ "ސްޓިފް ޕާސަންސް ސިންޑްރޯމް" ތަހައްމަލު ކުރަމުން ދާކަން އިއުލާންކުރި ސެލީން ވަނީ އެއަށްފަހު ލަވަކިޔުމުގެ މަސައްކަތްތަކުން ދުރުވެފަ އެވެ.
ސެލީން އާއްމުންގެ އެންމެ ބޮޑު މަގުބޫލު ކަމެއް ހޯދީ 1997 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ޓައިޓޭނިކް"ގެ ޓައިޓަލް ލަވަ "މައި ހާޓް ވިލް ގޯ އޮން" ހުށައަޅައިދިން ލަވަކިޔުންތެރިޔާގެ ގޮތުގަ އެވެ.
ފަލަސްތީނު އަސީރުން މަރަން ހުއްދަ ދޭ ބިލެއް އިޒްރޭލުން ފާސްކޮށްފި
ކާށި ތެލުން ފައިދާ ލިބެނީ ހަމައެކަނި އިސްތަށިގަނޑަކަށް ނޫން!
އޭއައި ބޭނުން ކުރާތީ އަކްޝޭ ފާޑު ކިޔައިފި