މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ނ. މަނަދޫގައި ވަގު ވޯޓު އެޅިކަން ފާޅާއަރައިފި އެވެ.
މަނަދޫން ވާހަކަދެއްކި މީހަކު ބުނީ ވަގު ވޯޓުލާފައި ވަނީ ޕީއެންސީ މަނަދޫ ދާއިރާގެ ނައިބު ރައީސް އަލީ މާޖިދު ކަމަށެވެ. މާޖިދަކީ މާލޭގެ ރައްޔިތެކެވެ. އޭނާ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ވޯޓު ކަރުދާސް ވެސް އަތްނުލައި އެބައޮތެވެ. އެއީ މާފަންނު މެދު ދާއިރާގެ ވޯޓު ކަރުދާހެކެވެ. އެކަމަކު އޭނާ އެ އިންތިހާބުގައި ވޯޓުލާފައިވާކަން ކަށަވަރުވެ އެވެ. މަނަދުއަށް ވޯޓުލާންޖެހޭ މީހުންނަށްވުރެ އިތުރަށް އިތުރު މީހަކު ވޯޓުލާފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށް ވެސް ވަނީ ކަށަވަރުވެފަ އެވެ.
މާޖިދުގެ ވޯޓާއެކު އެއް ވޯޓުގެ ތަފާތަކުން އަންހެނުންގެ ކޮމިޓީގެ ޕީއެންސީގެ ކެންޑިޑޭޓަކު ވަނީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ.
އެހެންވެ، އަންހެނުންގެ ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރި އެމްޑީޕީގެ އެ މެންބަރުގެ ވޯޓު ބާތިލްކޮށް، އަލުން ވޯޓުލެވޭނެގޮތް ހަމަޖައްސަން އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނުގައި އެދިފަ އެވެ.
ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު އަންނަ މަހު 15އަށް
މަޝްހޫރު ގިނަ ތަރިންތަކަކާއެކު "ނާގިން 7"ގެ ފިނާލޭ އަންނަނީ!
ޕެންޝަން އޮފީހުގެ ޗެއާމަން ކަމަށް މަޖީދު އައްޔަންކޮށްފި
