ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ އާޝާ ބޯސްލޭ ދާދި ދެންމެއަކު މަރުވެއްޖެ އެވެ.
އާޝާ މަރުވިކަން އޭނާގެ ދަރިފުޅު އާނަންދު ބޯސްލޭ ޔަގީން ކޮށްދީފައިވާއިރު އޭނާ މަރުވީ ފުއްޕާމޭގެ އަދި ހިތުގެ ބަލިތަކަށް ފަރުވާ ކުރަމުން ދަނިކޮށް ކަމަށް ހަބަރުތައް ބުނެ އެވެ.
އެގޮތުން އާޝާގެ މާމަ ދަރިފުޅު ޒަނައި ބޯސްލޭ ވަނީ މާމަ މާ ބޮޑަށް ވަރުބަލިވެ ފުއްޕާމޭގައި އިންފެކްޝަން އުފެދިފައިވާތީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ރޭގެ ވަގުތެއްގައި ބުނެފަ އެވެ.
އުމުރުން 92 އަހަރުގައި މަރުވި އާޝާގެ މޫނު ދެއްކުން މާދަމާގެ ހެނދުނު އޮންނައިރު ޖަނާޒާގެ ކަންކަން އޮންނާނީ މާދަމާ ހަވީރު ކަމަށް އާއިލާއިން ބުނެ އެވެ.
1970ގެ އަހަރުތަކާއި 80 ގެ އަހަރުތަކުގައި ބޮލީވުޑްގެ ކާމިޔާބު ގިނަ ލަވަތަކެއް ކިޔައިދީފައިވާ އާޝާ މަޝްހޫރުވެފައިވަނީ އޭނާގެ ވަރުގަދަ އަޑުގެ ސަބަބުންނެވެ.
ލަވަކިޔުމުގެ ތެރޭގައި އުޅޭ އާއިލާއަކަށް ނިސްބަތްވާ އާޝާގެ ދައްތަ ލަތާ މަންގޭޝްކަރްއަކީ ވެސް ބޮލީވުޑްގައި ނަން މަޝްހޫރު ލަވަކިޔުންތެރި އެކެވެ. ލަތާ މަރުވީ 2022 ވަނަ އަހަރު އެވެ.
އެއްބަސްވުމަކަށް ނާދެވި ދެ ގައުމުގެ ވަފުދުތައް ފުރައިފި
"ސަރުކާރާއި މަޖިލީހުގެ މޯރަލް ލެޖިޓިމެސީ ވަނީ ގެއްލިފައި"
އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސްނުވި