ހަތަރު އާ މޫނަކާއެކު މިހާރުގެ ވަޒީރުން ހިމަނައިގެން ރައީސް މުހައްމަދު މުއިއްޒު ކެބިނެޓް އަލުން އެކުލަވާލައިފި އެވެ.
ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ވަޒީރުން މިއަދު އިސްތިއުފާދެއްވީ ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަކަށެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ކެބިނެޓަށް އަލަށް އައްޔަންކުރެއްވި ވަޒީރުންނަށް ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
މިނިސްޓްރީތަކަށް އައްޔަންކުރެއްވި ވަޒީރުން
- ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
- ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން
- ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
- އިކޮނޮމިކް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް
- ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
- އެޑިއުކޭޝަން އެންޑް ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ޑރ. އިސްމާއީލް ޝަފީއު
- ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
ޑިފެންސް މިނިސްޓަރު ކަމުގެ މަގާމަށް މިރޭ ބޭފުޅަކު އައްޔަންކުރައްވާފައެއްނުވެ އެވެ.
ގޮނޑި ގެއްލުނު ސިނާނު ވެސް ޕްރައިމަރީގައި ވާދަކުރަނީ
ފޮރިން މިނިސްޓަރު ކަމުން ކުއްލިގޮތަކަށް ހަލީލް ވަކިކޮށްފި
އެމްޑީޕީގެ ރައްދު ބަޔާނަށް ހުރައަޅަން ޕީއެންސީ މެންބަރުން އުޅެފި
