އާންމުކޮށް ގިނަ ކައިވެނިތަކުގައި ފާހަގަކުރެވޭ އެއް ކަމަކީ، އެނދަށް އަރާ ފިރިމީހާ ސިކުންތުކޮޅެއްގެ ތެރޭގައި ނިދިޖެހޭއިރު، އަނބިމީހާ ނިދިނައިސްގެން ފުރޮޅި ފުރޮޅި އޮންނަން ޖެހުމެވެ.

ނިދުމާ ބެހޭ މާހިރުން ބުނާ ގޮތުގައި މިއީ ހަމައެކަނި އިއްތިފާގެއް ނޫނެވެ. އެހެނެއް ކަމަކު މީގެ ފަހަތުގައި ސައިންޓިފިކް ހަގީގަތްތަކެއް އެބަހުއްޓެވެ.

ފިރިހެނުން އަވަހަށް ނިދި ޖެހެނީ ކީއްވެ؟

ފިރިހެނުންނަށް އަވަހަށް ނިދިޖެހުމަށް އެހީވާ ބައެއް ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • ނިދީގެ "ޕްރެޝަރު" އިތުރުވުން: ފިރިހެނުންގެ ހަށިގަނޑުގެ އޮނިގަނޑު ހުންނަ ގޮތުންނާއި ދުވާލު ކުރާ މަސައްކަތުގެ ސަބަބުން، ރޭގަނޑުވާއިރު އެމީހުންގެ ހަށިގަނޑުން ނިދުމަށް ބޭނުންވާ ސިގްނަލްތައް މާ އަވަހަށް ފޮނުވަ އެވެ.
  • ފިިކުރު ކުރުން ކުޑަވުން: ދިރާސާތަކުން ދައްކާ ގޮތުގައި، ގިނަ ފިރިހެނުންނަކީ ނިދަން އޮށޯންނަ ވަގުތު ކަންކަމާ މެދު "އޯވަތިންކް" ނުވަތަ މާ ބޮޑަށް ވިސްނުން މަދު ބައެކެވެ. މީގެ ސަބަބުން ސިކުނޑި އަވަހަށް މަޑުޖެހި ނިދިޖެހުމަށް މަގުފަހިވެ އެވެ.

އަންހެނުންނަށް ނިދި ހޯދަން އުނދަގޫވާ ސަބަބުތައް

އަންހެނުންނަށް ނިދީގެ އަރާމު ފުރިހަމައަށް ނުލިބޭ މައިގަނޑު ސަބަބުތަކަކީ:

  • ހޯމޯންގެ ބަދަލުތައް: އަންހެނުންގެ ހަށިގަނޑަށް އަންނަ މައްސަރު ކަންތަކާއި، މާބަނޑު ދުވަސްވަރާއި، އަދި އިއްދައިން ވަކިވާ ދުވަސްވަރު (Menopause) އަންނަ ހޯމޯންގެ ބަދަލުތަކަކީ ނިދީގެ ފެންވަރު ދަށްކޮށްލާ މައިގަނޑު ސަބަބެވެ.
  • މަސްއޫލިއްޔަތުތަކާއި ފިކުރު: ގޭތެރޭގެ ކަންކަމާއި، ދަރިންގެ ކަންކަމާއި، އަދި މާދަމާ ކުރަން ހުރި މަސައްކަތްތަކާ މެދު އަންހެނުން މާ ބޮޑަށް ވިސްނުމަކީ ނިދަން އޮށޯންނަ ވަގުތު ސިކުނޑި ހޭލައްވައިލާ ކަމެކެވެ.
  • ނިދީގެ ބަލިތައް: ފިރިހެނުން ގުގުރި ދެމުމުގެ ސަބަބުން ނުވަތަ އެނދުގައި ގިނައިން ފުރޮޅުމުގެ ސަބަބުން، ކައިރީގައި އޮންނަ އަނބިމީހާގެ ނިދި މެދުކެނޑުމަކީ ވަރަށް އާންމު ކަމެކެވެ.

މިކަމަށް އޮތް ހައްލަކީ ކޮބާ؟

ނިދީގެ މާހިރުން ލަފާދެނީ ދެމަފިރިންގެ ނިދީގެ އާދަކާދަ އެކަކު އަނެކަކަށް އެނގިގެން ތަރުތީބު ކުރުމަށެވެ.

  • ނިދާ ގަޑި އެއްވަރުކުރުން: ކޮންމެ ރެއަކުވެސް އެއް ގަޑިއެއްގައި ނިދަން އޮށޯތުން.
  • ފިނި މާހައުލެއް: ކޮޓަރީގެ ފިނިހޫނުމިން ހިތްގައިމު މިންވަރެއްގައި ބެހެއްޓުން.
  • ސްކްރީން ވަގުތު މަދުކުރުން: ނިދުމުގެ އެއްގަޑިއިރު ކުރިން ފޯނާއި ޓީވީ ފަދަ ތަކެއްޗާ ދުރުވުން.

ފިރިހެނުންނަށްވުރެ އަންހެނުންނަށް ނިދުމުގައި ގިނަ އުނދަގޫތަކެއް ހުރި ނަމަވެސް، ދިރިއުޅުމުގެ އާދަކާދަތަކަށް ގެނެވޭ ކުދިކުދި ބަދަލުތަކުން ދެމަފިރިންނަށްވެސް ހިތްހަމަޖެހޭ އަރާމު ނިންޖެއް ހޯދިދާނެ އެވެ. ބޭނުންވަނީ އެކަކު އަނެކަކަށް އެހީތެރިވެ، ނިދުމަށް އެކަށީގެންވާ މާހައުލެއް ބިނާ ކުރުމެވެ.