ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މުހައްމަދު ރާމިޒް އަވަހާރަވެއްޖެ އެވެ.
ގއ. އަތޮޅުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ރާމިޒު އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ. އޭނާގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރުނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.
ގއ. ވިލިނގިއްޔަށް ނިސްބަތްވެވަޑައިގަންނަވާ ރާމިޒަކީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ އެ މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފަ އެވެ.
ރާމިޒަކީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގައުމަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އާދައިގެ ކަންކަމުން ބޮޑު ބަދަލަކަށް!
21 ކިލޯގެ ޑްރަގާއެކު ތިން މީހަކު ހައްޔަރުކޮށްފި
އީރާނުން އެމެރިކާގެ މަނަވަރުތަކަށް ރައްދު ހަމަލާތަކެއް ދީފި
