ހަކުރު ބަލީގެ މީހުން ބޭނުންކުރާ އިންސިއުލިން ރާއްޖެއިން ނުލިބިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުން ދަނީ އިންސިއުލިން ނުލިބި އެތަކެއް ތަކުލީފެއް ހަކުރުބަލީގެ މީހުން ތަހަންމަލް ކުރަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެސްޓީއޯގެ ބޭސް ފިހާރަތަކުގައި އިންސިއުލިން އެބަހުރި ކަމަށެވެ. ނަމަވެސް ބޭނުންވާ ވަކި ބްރޭންޑެއް ނުލިބިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންސިއުލިންގެ ސްޓޮކް އެބަހުރި. ނަމަވެސް، އެ މީހަކު ބޭނުންވެގެން އުޅޭ ވަކި ބްރޭންޑެއް މި ވަގުތު ހުސްވެފައި ހުރެދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އިންސިއުލިން އަކީ ލޭގައި ހަކުރު ހުންނަ މިންވަރު ބަލަން ބޭނުންކުރާ އެއްޗެކެވެ. އޭގައި ވެސް އެކި މީހުންނަށް ރަނގަޅަށް މަސައްކަތްކުރަނީ އެކި ބްރޭންޑުތަކެވެ.
އާސަންދައިގެ ދަށުން ބޭހާއި އެކަށީގެންވާ މިންވަރަކަށް ސިއްހީ ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.
ފިނޭންސް މިނިސްޓަރަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި
އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލައިފި
ޑިޖިޓަލް ސާވިސްއަށް ބޮޑެތި ބާރުތަކެއް ދޭން ބިލެއް ހުށަހަޅައިފި