ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ތުހުމަތުކޮށް އަދަދު ނޫހުގެ ނޫސްވެރިޔަކު ކްރިމިނަލް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.
އެ ޗިޓް ފޮނުވާފައި ވަނީ އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރަށެވެ.
އެ އަމުރުގައިވާގޮތުން ލީވާން ހާޒިރުކުރަނީ "އައިޝާ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ހުރިހާ ރައްޔިތުންގެ މައްޗަށް އަމުރުކޮށްފި" މި ސުރުހީގެ ދަށުން ލިޔުނު ހަބަރަކާ ގުޅިގެންނެވެ.
ކޯޓުން ފޮނުވި ޗިޓްގައިވާގޮތުން އޭނާ ހާޒިރުކުރަނީ އެ ހަބަރު ލިޔުނީ އެ ކޯޓުން ނެރުނު އަމުރާ ހިލާފަށްތޯ ބެލުމަށެވެ.
ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ ހަތް ވަނަ މާއްދާގެ (ށ)ގެ ދަށުން އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ވެސް އެ ޗިޓްގައިވެ އެވެ.
މާދަމާ ހެނދުނު 11:00އަށް ކޯޓަށް ހާޒިރުވާން އަމުރުކުރާ ކަމަށް އެ ޗިޓްގައިވެ އެވެ.
ރައީސް އޮފީހުގެ އަންހެން މުވައްޒަފަކާ އެކި ދުވަސްމަތިން ދަންވަރުގެ ގަޑިތަކެއްގައި ރައީސް މުހައްމަދު މުއިއްޒު ގުޅުއްވި ކަމުގެ ހެކި އެެބަހުރި ކަމަށް ބުނެ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް މުއިއްޒާ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން އެ އޮފީހުން ނުކުތުމަށް އެމަނިކުފާނު ވަނީ އަންގަވާފަ އެވެ. އަދި ސެކިޔުރިޓީން މެދުވެރިކޮށް އޭނާ ވަނީ ނެރެލާފަ އެވެ. އަދި އޭނާ ނެރެލި މަންޒަރު ވީޑިއޯ ކުރި ކަމަށް ތުހުމަތުކޮށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ ޝައިހާން ޒަރީރު ގިނައިރުތަކެއްވަންދެން ހިފެހެއްޓި އެވެ.
ބޭނުންވަނީ ބަހުގެ އިތުބާރު އޮންނަ ޗެއާޕާސަނެއް: މީކާއީލް
އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދައްކައިފި
