'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައި، އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިފަދައިން ގޮވާލައްވާފައިވަނީ، އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ނޫސްވެރިޔާ އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ނައިބު ރައީސް މުހައްމަދު ޝަހުޒާން އާއި އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން މީޑިޔާތަކަށް ފޮނުއްވި މެސެޖެއްގަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެ ނޫސްވެރިން ކުރާ މަސައްކަތުގައި އެއްވެސް މީހެއްގެ އަބުރު ގެއްލޭ ވަރު ކަމެއް އޮތް ނަމަ އަބުރު ރައްކާތެރި ކުރުމުގެ ގޮތުން އަބުރުގެ ދައުވާ ކުރަން ދަސްކުރަން ރައީސް ޔާމީން ވަނީ ގޮވާލައްވާފަ އެވެ.
އެމަނިކުފާނު ވަނީ ލީވާންއާ ޝަހުޒާން މިހާރުން މިހާރަށް މިނިވަން ކުރުމަށް ވެސް ގޮވާލައްވާފަ އެވެ.
ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފައިވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށެވެ. ކޯޓުން ބުނެފައިވަނީ މި ދެ ނޫސްވެރިންގެ މައްޗަށް މި ހުކުމް އިއްވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ކަމަށެވެ. ޝަހުޒާން ހައްޔަރުކުރީ ޕްރެސްކޮންފަރެސް އެއްގައި ރައީސް މުއިއްޒުއާ ސުވާލެއް ކުރުމުންނެވެ. ލީވާން ހައްޔަރުކުރީ ހަބަރެއް ލިޔެގެން ކޯޓުގެ ހުރުމަތް ކެނޑުނުކަމަށް ބުނެ އެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ވަރަށްބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ.
މިރޭ 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ: މެޓް އޮފީސް
ޕްރިޔަންކާއަށް "ގްލޯބަލް ވެންގާޑް" އެވޯޑް ލިބިއްޖެ
އިންތިހާބުން ބަލިވުމުން އަލައިކާއަށް ސްޓޭޓް މިނިސްޓަރުކަން ދީފި