ރައްކާތެރިކަމުގެ ފިޔަވަޅާއެކު ދަމުނަމާދަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދަމުނަމާދަށް ފައިމަގުގައި ދެވޭނެ ކަމަށެވެ. އަދި އެދެވިގެން ވަނީ ގެއިން މުޟޫކޮށްގެން މުސައްލަ ހިފައިގެން ނަމާދަށް ދިޔުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން ފަތިހު 4:00 އަށް މާލޭ ސިޓީގައި ބޭރަށް ނުކުމެ އުޅުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ.
އެކަމުގެ ސަބަބަބުން ދަމުނަމާދަށް ދެވޭނެތޯ ގިނަ ބަޔަކު އައީ ސުވާލު އުފައްދަމުންނެވެ. ކާފިއު އިއުލާންކޮށްފައިވާތީ މާލޭގެ މިސްކިތްތަކުގައި ކުރާ ތަރާވީހް ނަމާދު ކުރު ކުރުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.