ގިނަ އަހަރުތަކަކަށްފަހު އަތޮޅު އޮފީސްތައް އުފައްދަން ރައީސް މުހައްމަދު މުއިއްޒު ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އަންގަވައިފި އެވެ.
މި އެންގުން އަންގާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އައިޝަތު އިކްރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުވި ސިޓީއަކުންނެވެ.
އެ ސިޓީގައި ވަނީ މިއަދުން ފެށިފެން އަތޮޅު ކައުންސިލްތައް އުވިފައިވާތީ، އަތޮޅު އޮފީސްތައް އުފައްދައި މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެހެން އިންތިޒާމްތައް ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.
އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނަގޮތަށް ކަމާބެހޭ އިދާރާއާ މަޝްވަރާކޮށްގެން އިންތިޒާމްތައް ހަމަޖައްސަވަން ވެސް ރައީސް މުއިއްޒު ވަނީ އަންގަވާފަ އެވެ.
ރައީސް މުއިއްޒުގެ ނިންމެވުމާއެކު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އަތޮޅު ކައުންސިލްތައް އުވާލީ އެއީ ބޭކާރު ތަނެއް ކަމަށް ބުނުމަށްފަހު އެވެ. ނުވަދިގައިގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި އޮތް އަތޮޅު އޮފީސް ނިޒާމް އަލުން އިޔާދަކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ކޮންމެ އަތޮޅަކަށް އަތޮޅުވެރިއެއް ވެސް ހަމަޖައްސަން ވަނީ ނިންމާފަ އެވެ. ނަމަވެސް ފާޑުކިޔުންތައް އަމާޒުވާތީ އެ މަގާމުގެ ނަން ބަދަލުކުރަން ވަނީ ނިންމާފަ އެވެ.
އަތޮޅު ކައުންސިލްތައް އުވާލީ ބޭކާރުތަކަނަކަށް ވެފައި ހަރަދު ކުޑަވާނެތީ ކަމަށް ސަރުކާރުން ބުންޏަސް އެތަނުގެ ނަން ބަދަލުކޮށް އިތުރު މުވައްޒަފުން ނެގުމުން ހަރަދު ކުޑައެއްނުވާނެ އެވެ.
ސިފައިންގެ ޑައިވަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި މިރޭ
ޔޫއޭއީގެ ނިއުކްލިއާ ޕްލާންޓް ކައިރިއަށް ޑްރޯން ހަމަލާއެއް

އަތޮޅު ކައުންސިލްތައް ކާމިޔާބު ނުވާނެކަން އެނގޭތީ އުވާލީ. އެނގޭ ޕޮޕިއުލަރ ވެރިއެއް ނޫންކަން. ގަނަ ތެޅެނީ
ރިޕްލައި