ރައީސް މުހައްމަދު މުއިއްޒުގެ އިސްލާމިކް ބޭންކުގެ އެކައުންޓްގައި ހުރީ އެންމެ 1000ރ. ކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުގައި ހިމަނައިފި އެވެ.

މިއަދު އާންމުކުރި ރައީސް މުއިއްޒުގެ މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ ހަ މަސްދުވަހު މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައިވަނީ 285,024ރ. އެވެ. އެމަނިކުފާނުގެ ބީއެމްއެލް ކަރަންޓު އެކައުންޓުގައި 184,845ރ. އާއި ސޭވިންގްސް އެކައުންޓުގައި 1,701,470ރ. އެބަހުއްޓެވެ. މުއިއްޒުގެ އިސްލާމިކް ބޭންކު އެކައުންޓުގައި ރައްކާކޮށްފައި ހުރީ 1،000ރ. އެވެ.

އެމަނިކުފާނުގެ މިލްކިއްޔާތުގައި މ. ދިމްޔާތުގެ އިތުރުން 5.9 މިލިއަން ރުފިޔާގެ ރޯ ހައުސްއަކާއި، ހއ. ވަށަފަރުގައި އޮންނަ 150،000ރ. ގެ ބިމަކާއި މ. ފިގްއިން ހިބައިން ލިބިފައިވާ ބަޔަކާއި 260،000ރ. ގެ ކާރެއް އެބައޮތެވެ.

ހުޅުމާލޭގެ ރޯހައުސްއިން މިދިޔަ ހަ މަސްދުވަހު ކުލީގެ ގޮތުގައި އެމަނިކުފާނަށް 240,000ރ. ލިބިވަޑައިގެންފައިވެ އެވެ. މ. ފިގްއިން ކުލީގެ ގޮތުގައި 180,000ރ. ލިބިވަޑައިގެންފައިވެ އެވެ. އެހެންކަމުން މިދިޔަ ހަ މަސްދުވަހު ޖުމުލަ އާމްދަނީގެ ގޮތުގައި 705،000ރ. ލިބިވަޑައިގަތެވެ.

އެމްއެފްއެލްސީ އިން އެމަނިކުފާނު ނެންގެވި ލޯނަކަށް ދައްކަވަން ޖެހޭ 1,319,265ރ. އެބަހުރި ކަމަށް މާލީ ބަޔާނުގައިވެ އެވެ.