މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރަން އެމްޕީއެލް އިން ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް އެމެރިކާ ސަރުކާރުން ބަލައިފި އެވެ.
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއާގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ނިކޯލް ޗޫލިކް ތިލަފުށްޓަށް ވަޑައިގެން އެ ޕްރޮޖެކްޓްގެ މަސައްކަތް ބައްލަވާލައްވައި އެމްޕީއެލްގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
ރާއްޖެއަށް ކޮންމެހެން މުހިއްމު އިންފްރާސްޓްރަކްޗާ މަސައްކަތްތަކުގައި އެމެރިކާއަށް ބައިވެރިވެވެން އޮތް މިންވަރާ ބެހޭ ގޮތުން އޭނާ މައުލޫމާތު ހޯއްދެވި ކަމަށް ވެސް އެމެރިކާ އެމްބަސީގެ ޕޯސްޓްގައިވެ އެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޗައިނާގެ، ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.
"ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް"ގެ ނަމުގައި އެމްޕީއެލް އިން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް ތޮއްޖެހުން ކުޑަކުރުމެވެ.
ލިމިޓެއްނެތް ފައިބާ ޕެކޭޖްތަކާއެކު ހޯމްކޮންޓެންޓް ތަކަފުލް ހިލޭ
"ތެޔޮ އެތެރެކުރަން ކުރާ ހޭދަ 110 ޕަސެންޓް އިތުރުވެއްޖެ"
މަހިބަދޫ ކައުންސިލްގެ ނައިބަކަށް ޒައީމާ
