ހުޅުމާލެ 1 ގައި ހުންނަ ފްލެޓް 110 ގައި ރޭ މެންދަމު ހިނގި އަލިފާނުގެ ހާދިސާއެއްގައި ބަޔަކަށް އަނިޔާވެ، އެ އިމާރާތަަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ރޭ މެންދަމު 1:10 ހާއިރު ހިނގި މި ހާދިސާ، ފަޔަ ފައިޓަރުންގެ މަސައްކަތުން 1:23 އެހާކަށްހާއިރު ވަނީ އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލާފަ އެވެ.
ފުލުހުންގެ ތަހުގީގާ ހަވާލާދީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މި އަލިފާން ރޯވާން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިންރޫމްގައި އޮތް 'ޓޫލް މެލްޓިން ޑިވައިސް' އެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށެވެ.
މި ހާދިސާ ހިނގި އެޕާޓްމަންޓަކީ އިމާރާތުގެ އެންމެ ތިރީ ބައިގައި ހުންނަ ތަނަކަށް ވާއިރު، އަލިފާނުގެ ސަބަބުން އެތަން ވަނީ އެއްކޮށް އަނދައި، ދިރިނޫޅެވޭ ވަރަށް ހަލާކުވެފަ އެވެ. އެތަނުގައި ދިރިއުޅެމުންދިޔަ ހަތް ދިވެހިންގެ ތެރެއިން ފަސް މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނުއިރު، އޭގެ ތެރެއިން އެކެއްގެ އަތާއި ފައިގެ 12 ޕަސެންޓް ވަނީ ފިހިފަ އެވެ. މި އާއިލާގައި 18 އަހަރުން ދަށުގެ ދެ ކުޑަކުދިން ވެސް ހިމެނެ އެވެ.
މީގެ އިތުރުން އިމާރާތުގެ ފުރަތަމަ އަދި ތިންވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓަކަށް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށް، އެތަންތަނުގައި ވެސް ވަގުތީ ގޮތުން ދިރިނޫޅެވޭ ވަރު ވަނީ ވެފަ އެވެ. އެހެންކަމުން އެންޑީއެމްއޭ އިން ވަނީ ދުމުގެ އަސަރުކުރި އެޕާޓްމަންޓްތަކުގައި އުޅޭ އަށް ދިވެހިންނަށް ރޭ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފަ އެވެ. އެ އިދާރާއިން މިހާރު ދަނީ އަލިފާނުގެ އަސަރުކުރި ހުރިހާ އާއިލާތަކަށް ބޭނުންވާ ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމަށް ފިރުޒުލް ހަމަޖައްސައިފި
ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން އެވޯޑު ބީއެމްއެލްއަށް