ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި، އެމްއެމްޕީއާރްސީން ވަގަށް ނެގި ފައިސާ ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ނުކުރާ ކަމަށާއި އެއީ މިހާރު ފެއިލްވެފައިވާ ކޮމިޝަނެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް އެފަދަ މޭރުމަކުން ވާހަކަ ދެއްކެވިއިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށް މަޖިލީހުގެ 241 ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީގެ ތެރެއިން ނަގާފައިވާ ޖޮއިންޓް ކޮމިޓީއަށް، އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ފަހުން ފޮނުވި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި އާޒިމްގެ ނަން ވެސް ހިމަނާފައި އޮތެވެ.
މީގެ ކުރިން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން އޮތް ކަމަށްވެ އެވެ. އަދި މީހުން އެ ތުހުމަތުކުރަން ފެށުމުން އާޒިމް ގެންދަވަނީ އެކަން ދޮގު ކުރައްވަމުންނެވެ.
އެ ކޮމިޝަނުން މަޖިލީހަށް އެންމެ ފުރަތަމަ ފޮނުވި ލިސްޓްގައި އޮތީ 267 ނަމެކެވެ. ނަމަވެސް ފަހުން މަޖިލީހަށް ފޮނުވި ލިސްޓަށް 14 ބޭފުޅެއްގެ ނަން އިތުރުކޮށް ޖުމްލަ 281 ނަން ހިމަނާފައި ވެއެވެ. ފަހުން އިތުރުކުރި 14 ނަމުގެ ތެރޭގައި އަލީ އާޒިމްގެ ނަން އޮތެވެ.
އަލުން ފޮނުވި ލިސްޓުގައި ނަން އޮތުމާ ގުޅިގެން އާޒިމް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުން ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި އޭނާގެ ނަން ހިމެނީ އޭނާގެ ނަން އޮތުމުން އެ ލިސްޓް ހާމަ ކުރަން މަޖިލީހަށް ނުކުރޭނެ ކަމަށް ބަލައިގެން ކަމަށެވެ.
އާޒިމް ވަނީ ކޮރަޕްޝަންގެ ލިސްޓް ހާމަކުރަން ގޮވާލައިފަ އެވެ.
"އަޅުގަނޑުމެން ރައީސް ނަޝީދު ވެސް، އަޅުގަނޑު ވެސް މިދަނީ އެ ލިސްޓް ހާމަކުރުމަށް ގޮވާލަމުން. ދަނިކޮށް ކޮމިޝަނުން ފަހުން ފޮނުވި ލިސްޓެއްގައި އަޅުގަނޑުގެ ނަން ހިމެނީ ދެން އެ ލިސްޓް ހާމަ ކުރަން ނުކެރޭނެ ކަމަށް. އެކަމަކު އަޅުގަނޑުމެން އެ ލިސްޓް ހާމަ ކުރާނަން. މިގޮތަށް ކަންތައް ކުރީމާ އެބަ އެނގޭ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކުރަން ނޫޅޭކަން. އަޅުގަނޑު ބުނާނީ ހަމަ ފެއިލްވިއްޔޭ،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ އޭނާއަށް ލިބިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ލިސްޓްގައި އޭނާގެ ނަން ހިމެނިއިރު އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނާއި އޭސީސީން ވެސް އޭނާއާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ.
މީގެ އިތުރުން އާޒިމް ވަނީ އެސެޓް ކޮމިޝަންގެ ރައީސަށް ތުހުމަތުކުރައްވައިފަ އެވެ. އެގޮތުން އާޒިމް ކުރެއްވި ތުހުމަތަކީ އެ ކޮމިޝަންގެ ރައީސް ރިޝްވަތުގެ އަމަލު ހިންގާ ކަމުގެ ތުހުމަތެވެ. ހިޔާނާތުގެ ފައިސާ ބެހީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށާއި، އަދީބާއި ސުވާލުކުރުމުން ހުރިހާ ކަމެއް ސާފުވާނެކަމަށް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑަށް އޭނާ [އަސްއަދު] ރިޝްވަތު ހިފާ ވައްތަރު ވަރަށް ޖަހާ. އަޅުގަނޑުގެ ނަން ލިސްޓްގައި ހިމެނިއިރު އޭނާ މާރަނގަޅެއް ނޫންތޯ އަސްލަމް ޕްލޭނިން މިނިސްޓަރަކަށް ހުންނަވައިގެން އެ ކުރާ ކަންކަން ބެލިއްޔާ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ބެހީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް. އަދީބް އަދިވެސް ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަހުންނެވި. ސުވާލުކުރަންވީ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.
ހިޔާނާތުގެ މައްސަލަ ކަމާ ގުޅޭ އިދާރާތަކުން ތަހުގީގުކޮށް ނިމުމުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގައި އާޒިމް ވިދާޅުވި އެވެ.
ތި ކޮމިޝަން ފެއިލްވިތާ ކޮން ޒަމާނެއް. އަދިވެސް ތި ކޮމިޝަން އުވާނުލާތީ ކަންބޮޑުވަނީ. ރައީސް ސޯލިހް އަށް މި ކޮމިޝަން އުވާލުމަށް ދަންނަވަން. އަދި މި ކޮމިޝަންގެ މެމްބަރުންގެ ކޮރަޕްޝަން މައްސަލަ ތައް ނުބަލާ މައްސަލަ ވެސް ބަލަންޖެހޭ. އެތައް މިލިއަން ރުފިޔާ އެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް މަންފާ ހޯދައދިިން މައްސަލ މި ސަރުކާރުގެ ޕީޖީ އިންވަނީ ނުބަލާ ފައިލް ކޮށްފައި. މިޑީލްގެ ދަށުން ޕީޖީ ގެ ނަން އުނިވެ އަލީ ހުސައިންގެ ނަން އެ އޮތީ. ލަދެއް ހަޔާތެއް ނެތް.
މިސްކިތު ހުޅުޖެހި މީހެކޭ ކަލެއެކޭ ނެތް އެއްވެސް ތަފާތެއް.
ޢާޒިމްގެ ނަން އޮތުން އެއީ މައްސަލައެއްނޫން ދެރަނުވެ ބަލަ ކޯޓުގަ ސާބިތުކޮއްދީ ފައިސާގަ ނުޖެހޭ ކަން ...
އާޒިމޫ! ސޯލިހުގެ ކޮންކަމެއް އަދި ކޮން ތަނެއް ފެއިލް ނުވަނީ.