މާލޭގެ އެކި ސަރަހައްދުތަކުން ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު ކަމަށް ރިޕޯޓްކުރި ފައިސާގެ ބޮޑު ބައެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ޖުލައި 5 އިން 11 އަށް މާލޭގެ އެކި ސަރަހައްދުތަކުން ހުށަހެޅުނު ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ޖުމްލަ އަދަދު 838,434 ރުފިޔާއަށް އަރަ އެވެ.
މި މުއްދަތުގެ ތެރޭގައި ފުލުހުން ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ ތެރެއިން 826,730 ރުފިޔާ ވަނީ އަނބުރާ ހޯދާފަ އެވެ. މިއީ ރިޕޯޓްކުރި ޖުމްލަ ފައިސާގެ 98 އިންސައްތައަށްވުރެ ގިނަ އަދަދެކެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ފުލުހުން ހާމަކުރި ގޮތުގައި، މިއީ މައްސަލަތައް ތަހުގީގުކޮށް، ގެއްލޭ މުދަލާއި ފައިސާ ހޯދައި، އޭގެ ހައްގުވެރިންނަށް ރައްދުކޮށްދިނުމަށް ފުލުހުން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ އެވެ. ކޮންމެ މުދަލެއް ނުވަތަ ފައިސާއެއް އަނބުރާ ހޯދުމަކީ ފުލުހުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، ކެތްތެރިކަމާއެކު މުޖުތަމައަށް ހިދުމަތްކުރުމުގައި ދެމިތިބުމުގެ ރަމްޒެއް ކަމަށްވެސް ފުލުހުން ފާހަގަކުރި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން އިތުރަށް ބުނީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ދޭންޖެހޭ ފުލުހުންގެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.
އިޒްރޭލުން އުފައްދާ މުދާ ބެލްޖިއަމްގައި މަނާކުރަނީ
ވޯލްޑް ކަޕްގައި އެންމެ ދިގު ހާފް ޓައިމް ބްރޭކް ދޭނީ މިރޭ
މާ ގިނައިރު މަސައްކަތް ކުރާނަމަ ސްޓްރޯކްއާއި ހިތުގެ ބަލިތައް ޖެހޭ