ރޭގަނޑު ލަހުން ނިދުމާއި، މެންދަމު ކެއުމާއި، ހެނދުނު ހޭލާ ގަޑި އެކި ދުވަހު އެކި ގޮތަށް ބެހެއްޓުމަކީ މިޒަމާނުގެ ދިރިއުޅުމުގައި ވަރަށް އާންމު ކަންކަމެވެ.

ނަމަވެސް، މިއީ ހަމައެކަނި ނިދި މަދުވާ ކަމެއް ނޫނެވެ. މިއީ ހަށިގަނޑުގެ ބައޮލޮޖިކަލް ގަޑި ނުވަތަ ސާކޭޑިއަން ރިދަމް މުޅިން ހަލާކު ކޮށްލާ ކަމެކެވެ.

މުމްބާއީގެ މަޝްހޫރު އޯތޮޕީޑިކް ސާޖަން އަދި ހެލްތު އެޑިއުކޭޓަރު ޑރ. މަނަން ވޯރާ ހާމަ ކުރައްވާ ގޮތުގައި، އަހަރެމެންނަށް ނޭނގި ގެންގުޅެވޭ ދިރިއުޅުމުގެ ބައެއް އާއްމު އާދަތަކުން ހަށިގަނޑުގެ މި ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރަ އެވެ.

ސާކޭޑިއަން ރިދަމް އަކީ ކޮބާ؟

ސާކޭޑިއަން ރިދަމް އަކީ ހަށިގަނޑުގެ އެތެރޭގައި ހިނގާ 24 ގަޑިއިރުގެ ބަޔޮލޮޖިކަލް ގަޑި އެވެ. މިއީ ހަމައެކަނި ނިދާ ހޭލުމަށް އެހީވާ އެއްޗެއް ނޫނެވެ. ހަށިގަނޑުގެ ހޯމޯންތައް ރެގިއުލޭޓް ކުރުމާއި، ހަޖަމުކުރުމުގެ ނިޒާމާއި، ހަށިގަނޑުގެ ފިނިހޫނުމިނާއި، ބަނޑުހައިވުން ފަދަ މުހިންމު ހުރިހާ ކަމެއް ކޮންޓްރޯލް ކުރަނީ މި ގަޑިންނެވެ. ބޯ ގޮވައި، ފުރަމޭ އަދި ސިކުނޑި ހިމެނޭ ގޮތަށް ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ހިނގަނީ މި ނިޒާމުގެ ދަށުންނެވެ.

ނިޒާމު ހަލާކުވާން މެދުވެރިވާ އާއްމު އާދަތައް

  • އެކި ދުވަހު އެކި ގަޑީގައި ހޭލުން: ހެނދުނު ހޭލާ ގަޑި ވަކި ތަރުތީބެއްގައި ނުބެހެއްޓުން.
  • ހެނދުނުގެ އަވިން މަހުރޫމްވުން: ހޭލުމަށްފަހު ހެނދުނު އިރުގެ އަލި ލޮލަށް ނުލިބުން.
  • މެންދަމު ކެއުން: ރޭގަނޑު 12 ޖަހާފަހުން ބޮޑެތި ކެއުންތައް ކެއުން.

"ގިނަ މީހުން މި ހުރިހާ ގޯހެއް ހަދާފައި، ނިދަންވެގެން މެލަޓޮނިން ބޭސް ގުޅައެއް ކާލުމުން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ހީކުރޭ. ނަމަވެސް ހަށިގަނޑު ބޭނުންވަނީ ވަގުތީ ފަރުވާއެއް ނޫން. ހަށިގަނޑު ބޭނުންވަނީ ކަންކަން ކުރުމުގެ ގަވާއިދުން ހިފަހައްޓާ ސާބިތުކަން." - ޑރ. މަނަން ވޯރާ

ހަށިގަނޑުގެ ގަޑި ރަނގަޅު ކުރާނީ ކިހިނެއް؟

ޑޮކްޓަރު އިރުޝާދު ދެއްވަނީ ބަލީގެ އަލާމާތްތަކަށް ފަރުވާ ކުރުމުގެ ބަދަލުގައި، މުޅި ނިޒާމު އެއްވަރެއްގައި ހިފެހެއްޓުމަށެވެ. އެގޮތުން:

  • ނިދާ ހޭލާ ގަޑި އެއްގަޑިއަކަށް ހެދުން: ކޮންމެ ދުވަހަކުވެސް (ބަންދު ދުވަސްތައް ހިމެނޭހެން) އެއް ގަޑިއަކަށް ހޭލަން އާދަ ކުރާށެވެ.
  • ހެނދުނު އަތްވަށް ނުކުމެލުން: ހޭލާތާ ފުރަތަމަ ބައި ގަޑިއިރުގެ ތެރޭގައި ގުދުރަތީ އަލި ލިބުމުން ސާކޭޑިއަން ރިދަމް ރީސެޓްވެ، ހަށިގަނޑަށް ހޭލުންތެރިކަން ލިބެ އެވެ.
  • ރޭގަނޑު އަވަހަށް ކެއުން: ނިދުމުގެ މަދުވެގެން 2 ނުވަތަ 3 ގަޑިއިރު ކުރިން ކެއުން ނިންމާލާށެވެ.

ހަށިގަނޑުގެ އެތެރޭގެ ގަޑި ރަނގަޅަށް ސެޓް ކޮށްލުމުން، ހަށިގަނޑުގެ ހުރިހާ ނިޒާމެއް ތިބާއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބަދަލުގައި ތިބާއަށް އެހީތެރި ވެދޭން ފަށާނެ އެވެ.