ސްކޫލް ބަންދާ ދިމާކޮށް އެކި ގުރޫޕުތަކުގެ ހަވާލުގައި 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.
އިސްލާމިކް މިނިސްޓަރު މުހަމަދު ޝަހީމް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެކި ޖަމާއަތްތަކުގެ ހަވާލުގައި އުމްރާއަށް ގޮސް ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މީގެ އިތުރުން، މި ދުވަސްކޮޅު ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަމުގައި ހަރަކާތްތެރިވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ދުވަސްވަރު އުމްރާއަށް ދިއުމަށް ދިވެހި އެކި ގުރޫޕުތަކުން ވިއްކާފައިވާ ޕެކޭޖުތަކުގެ އަގު އުޅެނީ 27،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގަ އެވެ. މި ޕެކޭޖުތަކުގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ހުރުމާއި ކެއުމުގެ އިތުރުން މައްކާއާއި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރުން ފަދަ ކަންކަން ހިމެނޭކަން ފާހަގަކުރެވެ އެވެ.
ކޮންމެ އަހަރެއްގެވެސް ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރެ އެވެ. މިގޮތުން ނިމިދިޔަ ސްކޫލް ބަންދުގައިވެސް އެތައް ހާސް ބަޔަކު އުމްރާއަށް ގޮސްފައިވާއިރު، ނިމިދިޔަ ހައްޖު މޫސުމުގައި ރާއްޖެއިން 1،000 މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފަ އެވެ.
ޓްރަމްޕާއި އިންފަންޓީނޯ ސްޓޭޖަށް އެރުމުން ނުރުހުމުގެ އަޑު
އިންޑިއާގެ 72 ވަނަ ގައުމީ އެވޯޑްސް ބާއްވައިފި
ވޯލްޑް ކަޕް ފައިނަލްގެ ޓިކެޓެއްގެ އަގު 2.3 މިލިއަން ޑޮލަރަށް
