ނޫމަޑި މައްސަލައިގައި އޭރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވި ކަމަށް ބުނާ މައްސަލަ ބެއްލެވި ގާޒީ ސޮފްއަތު ހަބީބު، އެ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިންމެވީ ރިޝްވަތު ހިތްޕަވައިގެން ކަމަށް ބުނާ މައްސަލައެއް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މިއަދު ހުށަހަޅައިފި އެވެ.
ނޫމަޑިއާއެކު ވި އެއްބަސްވުން ބާތިލުކުރުމުން ދައުލަތުން 55 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދޭންޖެހުނު މި މައްސަލައިގައި، އޭރު މާލޭ މޭޔަރަކަށް ހުންނެވި ރައީސް މުއިއްޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 18 މެއި 2023 ގަ އެވެ. ގާޒީ ސޮފްއަތު އެގޮތަށް ނިންމެވީ، އާބިޓްރޭޝަނަށް ދީފައިވާ ބަޔާނަކީ ސީދާ ރައީސް މުއިއްޒުގެ ބަޔާނެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެވެ.
ނަމަވެސް ޕީއެންއެފްގެ ޖަލްސާއެއްގައި ކުރީގެ ސީޕީ ހުސައިން ވަހީދު ވަނީ އެ ހުކުމް ރައީސް މުއިއްޒާ އެއްކޮޅަށް ނިންމެވީ ފަނޑިޔާރަށް 800,000 ރުފިޔާގެ ރިޝްވަތު ދީގެން ކަމަށް ތުހުމަތުކުރައްވާފަ އެވެ. އެއީ ރައީސް މުއިއްޒުގެ ވަކީލަކު އޭނާ ގާތު ވިދާޅުވި ވާހަކައެއް ކަމަށާއި، އެކަމާ ގުޅޭ ގޮތުން ހުވާކުރަން ވެސް ތައްޔާރަށް ހުރި ކަމަށް ހުސައިން ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލަ ޖޭއެސްސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު މިފަދަ ބޮޑެތި ތުހުމަތުތަކުގެ ހަގީގަތް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ މުހިންމުކަން ބޮޑުކަމުން ކަމަށް ބުނެ އެވެ. އަދި ތަހުގީގުން ކުށް ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި، މިއީ ދޮގު ތުހުމަތެއްނަމަ ފަނޑިޔާރު ބަރީއަކޮށްދޭން ޖެހޭނެ ކަމަށް ވެސް އެ ޝަކުވާގައިވެ އެވެ.
އޭގެ އިތުރުން ދައުލަތުގެ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނަށް ވެސް ފަނޑިޔާރުގެއަށް އިތުބާރު ގެއްލޭފަދަ ދޮގު ތުހުމަތުތައް ނުކުރެވޭނެކަން ހުށަހެޅި މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ކުރެއްވި ތުހުމަތުތައް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ދޮގު ވެސް ކުރައްވައިފަ އެވެ. މުންދު ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށާއި، ރައީސް މުއިއްޒަކީ އެފަދަ ކަންކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ހުސައިން ވަހީދު މި މައްސަލައިގައި ކީރިތި ގުރުއާނުގައި އަތްލައްވައި ހުވާކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ނަމަވެސް، މުންދު ވަނީ އެ ހުވާ ކުރައްވައިފިނަމަ ދައުލަތުގެ ކަމާބެހޭ މުއްސަސާތަކުން އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
އެމްޑީޕީ އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކު: ނަޝީދު
ދަންވަރު ކާ ހިތްވުން: ސްޓްރެސްއާއި މެޓަބޮލިޒަމްގެ އަސަރު!
އައްސާމް ކާރިސާ: ހާލުގައި ޖެހުނު މީހުންނަށް ސަލްމާންގެ އެހީއެއް!