މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި މާލޭގެ ފެންބޮޑުވެފައިވާ މަގުތަކުން ފެން ހިތްދުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކޮށްފި އެވެ.

ރޭ ފަތިހު 4:30 ހާއިރުން ފެށިގެން ގާތްގަނޑަކަށް ހެނދުނު 6:30 އާ ހަމަޔަށް މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހި، މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވެ އެވެ. އެގޮތުން މަޖީދީމަގުގައި ފެން ބޮޑުވެފައިވާ ސަރަހައްދުން ވަނީ ފެން ހިއްދުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއިން ވަނީ ކޮށްފަ އެވެ.

މިމަސައްކަތަކީ އެމްޑަބްލިއުއެސްސީގެ އިޖުތިމާއި ޒިންމާގެ ދަށުން ކުރި މަސައްކަތެއް ކަމަށް އެކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީއަކީ މާލެ ސަރަހައްދަ ފެނާއި ނަރުދަނާގެ ހިދުމަތް މެދެކެނޑުމެއް ނެތި ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. އެމްޑަބްލިއުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރައްޔިތުންނަށް ފައިދާ ހުރި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއްކަން ފާހަގަ ކޮށްލެވެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރާގައި އެކި ރަށްރަށުގައި ފެން ބޮޑުވެގެން ވަނީ ގެއްލުންތަކެއް ވެފަ އެވެ.

ކުރިއަށް އޮތް ތިން ދުވަހަށް ވެސް ރާއްޖޭގެ އެކި ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.