ފިތުރު އިދު ދުވަހު ރިލީޒްކުރި ސަލްމާން ޚާންގެ އާ ފިލްމު "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ބެލި ފިލްމަށް ވެއްޖެ އެވެ.

ކޮންމެ އަހަރަކު ވެސް ފިތުރު އީދާ ގުޅިގެން އާ ފިލްމެއް ސަލްމާން ޚާން އަންނަނީ ނެރެމުންނެވެ. އެގޮތުން މިއަހަރުގެ ފިތުރު އީދާ ގުޅިގެން ސަލްމާން ޚާންގެ ފިލްމް "ރާދޭ" އީދު ދުވަހު އޮންލައިންކޮށް ޒީ5 އަދި ޑީޓީއޭޗްގެ އޮޕަރޭޓަރުން މެދުވެރިކޮށް އޮންލައިންކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިލީސް ކޮށްފަ އެވެ. އެގޮތުން މި ފިލްމް ވަނީ އެއް ދުވަހުގެ ތެރޭގައި 4.2 މީހުން ބަލާ އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބެލި ފިލްމްގެ ރެކޯޑް ހަދާފަ އެވެ.

މި ފިލްމް ނެރުމުގެ އިންޓަނެޓުގައި މި ފިލްމް ލީކް ކޮށްލާފައިވުމުގެ ސަބަބުން ފިލްމަށް މީހުންގެ ތަރުހީބު ލިބޭނެ ވަރާއިމެދު ބައެއް ފަރާތްތަކުގެ މެދުގައި ސުވާލު ތަކެއް އުފެދިނަމަވެސް މި ފިލްމް ވެގެންދިޔައީ ތާރީޚީ ފިލްމަކަށެވެ. ފިލްމް ދައްކަން ފެށިތާ ގިނަ އިރެއް ނުވެ އެތައް ބަޔަކު މި ފިލްމު ބަލަން ފެށުމުގެ ސަބަބުން ސާވާތަކަށް ބާރު ބޮޑުވެގެން ވެސް ދިޔަ އެވެ.

ފިލްމުގައި ލީޑް ރޯލުން ސަލްމާން ފެނިގެންދާއިރު އޭނާގެ އިތުރުން ދިޝާ ޕާޓްނީ، ޖެކީ ޝްރޮފް އަދި ރަންދީޕް ހޫޑާ މުހިއްމު ރޯލުތަކުން މި ފިލްމުން ފެނިގެންދާނެ އެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ކޮރިއޯގްރާފާ ޕްރަބޫ ދޭވާ އެވެ.

https://www.youtube.com/watch?v=n5MVzhwupBY

ރާދޭ: ޔޯ މޮސްޓް ވޮންޓެޑް ބައި، އަކީ 2009 ވަނަ އަހަރު ނެރުނު ސަލްމާން ހާންގެ ފިލްމު "ވޮންޓެޑް" ގެ ސީކުއެލް އެކެވެ. ސަލްމާންގެ ފޭނުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި އިރު ސަލްމާން ފެނިގެންދާ ކޮންމެ ފިލްމަކަށްވެސް އަބަދުވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ރާދޭގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވާގޮތުގައި މި ފިލްމު ވިއްކައިގެން ލިބޭ ފައިސާގެ ވަކި ވަރެއް މިހާރު އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އިން އަރައިގަތުމަށް އެހީތެރިވުމަށް ދޭން ނިންމާފަ އެވެ.