"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުރުން މަނާކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ޕާސްޕޯޓު ދޫކޮށްލުމަށްފަހު، ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ހިފަހައްޓައިފި އެވެ.
އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި، ރައީސް އޮފީހުގައި ކުރިން ވަޒީފާ އަދާކުރި ފަރާތުގެ ޕާސްޕޯޓާއި ދަތުރުކުރުމަށް ބޭނުންކުރާ ލިޔެކިޔުންތައް ހިފަހައްޓާފައިވަނީ މިއަދުން ފެށިގެން ނޮވެމްބަރު 26 ގެ ނިޔަލަށް ކަމަށް ވަނީ އެނގިފަ އެވެ.
މީގެ ކުރިންވެސް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ހިފަހައްޓާފައިވާ މި ޕާސްޕޯޓް، މިފަހަރު ވެސް ކޯޓަށް ހުށަހެޅި ހެއްކެއްގެ ގޮތުގައި ހިމެނިފައިވަނީ ހަމައެކަނި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ.
މި މައްސަލައިގައި ޖިނާއީ ތަހުގީގު ފެށިގެން ދިޔައީ "އައިޝާ" ޑޮކިއުމެންޓްރީ ޝާއިއުކުރިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން، ރައީސް މުހައްމަދު މުއިއްޒުއާ "އަދަދު" ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ. ޑޮކިއުމެންޓްރީގައި ކޮށްފައިވާ ތުހުމަތުތައް ދޮގުކުރައްވަމުން އެދުވަހު ރައީސް ވަނީ ދައުވާ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ފުލުހުން ތުހުމަތު ކުރަނީ، "އައިޝާ" ޑޮކިއުމެންޓްރީ މެދުވެރިކޮށް ރައީސް މުއިއްޒުއަށް ގަޒްފުގެ ތުހުމަތު ކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރު ހޯދުމަށް ފުލުހުން ހުށަހަޅަމުން ބުނެފައިވަނީ، ޑޮކިއުމެންޓްރީ ތައްޔާރުކޮށް ޝާއިއުކުރުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކީ ވެސް ގަޒްފު ކުރުމުގެ ކުށުގެ ތުހުމަތު ކުރެވޭ ބައެއް ކަމަށެވެ.
ތިނަދޫގެ އާބާދީ އޮޅުވައިލި ކަމަށް ބުނާ މައްސަލަ ޕީޖީއަށް
ނޭޕާލާއި ޓިބެޓްގެ ފެންބޮޑުވުމުގައި 1،300 މީހުން ގެއްލިއްޖެ
އެމެރިކާގެ މުހިންމު އިދާރާތަކަށް ޗައިނާގެ ހެކަރުންގެ ހަމަލާތަކެއް