ކުޑަކުދިންނާއި ބޮޑެތި މީހުންގެ އޮރިޔާން ފޮޓޯ އަދި ވީޑިއޯ ގެންގުޅެ، އެ ތަކެތި ވިއްކައިގެން ވިޔަފާރިކުރިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވި މީހަކަށް އަދަބެއްގެ ގޮތުގައި އެންމެ 18 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އައިސްފައިވަނީ އދ. މަހިބަދޫ، ބަހާރުގޭ، ޒުބައިރު އަލީގެ މައްޗަށެވެ.
ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، ޒުބައިރުގެ މައްޗަށް ދައުވާ އުފުލީ 1 ޖެނުއަރީ 2022 އިން ފެށިގެން 8 އޯގަސްޓް 2024 ގެ ނިޔަލަށް ޓެލެގްރާމްގައި އެކި އެކައުންޓުތައް ހަދައި، ގިނަ އަދަދެއްގެ ޗެނަލްތައް މެދުވެރިކޮށް އޮރިޔާން ކާޑު ވިއްކުމުގެ ވިޔަފާރި ކުރި މައްސަލައިގަ އެވެ. މި ޗެނަލްތަކުގައި ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓުކޮށްފައިވާ ކަމަށް ތަހުގީގަށް ވަނީ ހޯދިފަ އެވެ.
ފުލުހުންގެ ތަހުގީގުގައި އޭނާ ގެންގުޅުނު ސެމްސަންގް ގެލެކްސީ ނޯޓް 10 ފޯނަކާއި، ރެޑްމީ 12 ފޯނަކާއި، އައިފޯން 12 ޕްރޯ މެކްސްގެ އިތުރުން އޭނާގެ ކޮޓަރިން ފެނުނު އޭސާ ބްރޭންޑުގެ ލެޕްޓޮޕް ތަހުލީލުކުރިއިރު، އެ ތަކެތިން ބޮޑެތި މީހުންގެ ގިނަ އަދަދެއްގެ އޮރިޔާން ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށް ޝަރީއަތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި ޒުބައިރުގެ މައްޗަށް އެންމެ 18 ދުވަހުގެ ކުރު ޖަލު ހުކުމެއް އައީ، އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައި ވާތީ، އެ އެއްބަސްވުމަށް ކޯޓުން ރިއާޔަތްކުރުމަށް ފަހުގަ އެވެ.
2 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސެލީން ޑިއޯންގެ ފެނިލުމެއް!
2 އަހަރަށްފަހު ވިލް ސްމިތު ފިލްމީ މަސައްކަތަށް!
އިޒްރޭލުން ފަލަސްތީނުގެ ކުޑަކުދިން މެރުން އިތުރުވެއްޖެ