އިންޑިއާގެ އެންމެ މަގުބޫލު އަދި އެންމެ ވާދަވެރި ރިއަލިޓީ ޝޯތަކުގެ ތެރޭގައި ހިމެނޭ "ބިގްބޮސް"ގެ އާ ސީޒަން މުޅިން ތަފާތު ބަދަލުތަކަކާއެކު އެނބުރި އަންނަން ތައްޔާރުވެއްޖެ އެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ޝޯގެ 20 ވަނަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ.
މިފަހަރުގެ ސީޒަންގައި ވެސް ޝޯގެ ހޯސްޓެއްގެ ގޮތުން މަޝްހޫރު ތަރި ސަލްމާން ޚާން އަލުން ފެނިގެންދާނެ އެވެ. ޝޯގެ މެކަރުން ދޫކޮށްލާފައިވާ ޕްރޮރޯތަކުން ލިބެމުންދާ މައުލޫމާތުތަކަށް ބަލާއިރު، މިފަހަރުގެ ބިގްބޮސް ގެއިން މުޅިން ތަފާތު ކަންތައްތަކާއި އާ ޓުވިސްޓްތައް ފެނިގެންދާނެ އެވެ.
ފާހަގަކޮށްލެވޭ މައިގަނޑު ބަދަލުތައް
- "އެކްސްޓްރާ ޖީވަން ދާން"ގެ ފުރުސަތު: މިފަހަރުގެ ޝޯގެ ފޯމެޓް ނުވަތަ ކޮންސެޕްޓާ ގުޅުވައިގެން، ބައިވެރިންނަށް ގޭގައި އިތުރު ފުރުސަތެއް ހޯދައިދީއެކްސްޓްރާ ލައިފްލައިން ނުވަތަ ޖީވަން ދާން އެއްގެ ވާހަކަ ޕްރޮމޯއިން ވަނީ ދައްކާފަ އެވެ. މިއީ ކުޅިގަނޑު އިތުރަށް ވާދަވެރި ކޮށްދޭނެ ކަމެކެވެ.
- ފޭންސް ކާ ފައިސަލާ: ޝޯ ފެށުމުގެ ކުރިން ބައިވެރިން ކަނޑައެޅުމުގައި ބެލުންތެރިންނަށް ސީދާ ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ވޯޓުގެ ޒަރީއާއިން ގެއަށް ވަންނާނެ މީހުން ހޮވުމުގެ ފުރުސަތު ސަޕޯޓަރުންނަށް ވަނީ ލިބިގެންގޮސްފަ އެވެ.
- ތަފާތު ބައިވެރިންގެ މިކްސްއެއް: މި ސީޒަންގައި ތަފާތު ދާއިރާތަކުން، ޚާއްޞަކޮށް ޓީވީ ފަންނާނުންނާއި، އިންފްލުއެންސަރުންގެ އިތުރުން ކުޅިވަރު ދާއިރާގެ މަޝްހޫރު ފަރާތްތައް ވެސް ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.
ޓީވީ ސްކްރީންތަކުގެ އިތުރުން ޑިޖިޓަލް ޕްލެޓފޯމްތަކުން ވެސް ސްޓްރީމްކުރާ ގޮތަށް ހަމަޖެހިފައިވާ މި އާ ސީޒަން ވެގެންދާނީ މިހާތަނަށް އެންމެ ފޯރިގަދަ އެއް ސީޒަނަށް ކަމަށް ބެލުންތެރިން އުއްމީދުކުރެ އެވެ.
20 އަހަރު ފަހުން އަކްޝޭގެ ފިލްމު "ހޭ ބޭބީ"ގެ ސީކުއަލްއެއް!
ނޭޕާލަށް ރާއްޖެއިން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި