ކުޑަކުދިންނަށް ޖެހޭ އާންމު ބަލިތަކާއި ލޭގެ ކެންސަރު (ލިއުކީމިއާ) އާ ދެމެދު ހުރި ތަފާތުތައް ދެނެގަނެ، ކުއްޖާގެ ކިބައިން ފެންނަ ނުރައްކާތެރި އަާމާރާތްތަކަށް ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން އަބަދު ވެސް އިރުޝާދުދެ އެވެ.
ކުޑަ ކުދިން ހުން އައުމަކީ އާންމު ކަމެއް ނަމަވެސް، މި ފަދަ ކަންކަން ދިގުލައިގެންދާ ނަމަ އެއީ ސަމާލުވާންޖެހޭ ކަމެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ.
ޅަފަތުގައި ޖެހޭ ލޭގެ ކެންސަރަކީ ހަށިގަނޑުގެ ލެޔާއި ބޯން މެރޯއަށް އަސަރު ކުރުވާ ބައްޔެކެވެ. ކުޑަކުދިންގެ މަޝްހޫރު ޑޮކްޓަރު ޑރ. އަމިތާ މަހާޖަން ފާހަގަކުރާ ގޮތުގައި، މި ބަލީގެ ސަބަބުން ދުޅަހެޔޮ ލޭގެ ސެލްތައް އުފެއްދުމަށް ހުރަސްއެޅެ އެވެ.
އެހެންކަމުން ބެލެނިވެރިން ކުދިންގެ ސިއްހީ ހާލަތަށް ވަރަށް ބޮޑަށް ބަލައި، ކުދިންގެ އުޅުމަށް އަންނަ ބަދަލުތައް މޮނިޓާ ކުރަންޖެހެ އެވެ.
މި ބައްޔަށް ޝައްކު ކުރެވޭ ފަދަ ބައެއް އަލާމާތްތަކުގެ ތެރޭގައި ތަކުރާރުކޮށް ހުން އައުމާއި، މާބޮޑަށް ވަރުބަލިވުމާއި، ބަރުދަން ލުއިވުން ފަދަ ބަދަލުތަކެއް ހަށިގަނޑުން ފެނުން ހިމެނެ އެވެ.
އެއާއެކު އެއްވެސް ސަބަބަކާނުލައި ހަށިގަނޑުގައި ނޫފައިގެންފައި ހުރުމާއި، ގިނައިން ނޭފަތުން ލޭ އައުމާއި، ކަށިތަކުގައި ނުވަތަ ހުޅުތަކުގައި ރިއްސުން ފަދަ ކަންކަމަކީ ސަމާލުވާންޖެހޭ މުހިންމު ނިޝާންތަކެކެވެ.
ކުދިންނަށް އާންމުކޮށް ޖެހޭ ރޯގާތަކާއި މިފަދަ ނުރައްކާތެރި ބަލިތައް ވަކިކުރަން އެނގޭނީ ބަލީގެ އަލާމާތްތައް ތަކުރާރުވެ، ދިގުލައިގެންދާ މިންވަރަކަށް ބަލައިގެންނެވެ.
އެކަށީގެންވާ ވަރަށް ވޭތުވެދިޔަ ދުވަސްތަކުގައި ފަރުވާ ހޯދުމަށްފަހުވެސް ކުއްޖާގެ ހާލަތު ރަނގަޅުނުވެ، ގައިގައި ވަރުނެތިފައި ހުންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.
ކުޑަކުދިންގެ ކެންސަރަކީ އެންމެ ފުރަތަމަ މަރުހަލާގައި ދެނެގަނެވިއްޖެނަމަ ފަރުވާކޮށްގެން ރަނގަޅުކުރެވޭނެ ބައްޔެކެވެ. އެހެންކަމުން ބެލެނިވެރިން މިފަދަ ކަންކަމުގައި ފަރުވާކުޑަނުކޮށް، ކުދިންގެ ކިބައިން ފެންނަ އާދަޔާޚިލާފު ކަންކަމަށް ޑޮކްޓަރުންގެ ލަފަޔާއެކު ރަނގަޅު ތަހުލީލުތައް ކުރުމަކީ މުހިއްމު ކަމެކެވެ.
ކޮކޯ ޕާމް ބޮޑު ހިތީގެ މުވައްޒަފުންނަށް ސާވިސް ޗާޖު ނުދޭ!
ނިދާއިރު ފަންކާ ނިވާލުން މާރަނގަޅު؟
ޔަމަނުގެ އަދަން އެއާޕޯޓަށް މިސައިލް ހަމަލާތަކެއް ދީފި
ރައީސް ޔާންޓޭ ރަސްވަގު ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދިޔަ ދުވަހުން ފެށިގެން ރަސްވަގު މުއިއްޒު ސަރުކާރު މިއޮތީ ފެއިލް ވެފައޭ ރަސްވަގު ސަރުކާރު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ