ލޯކަލް ކައުންސިލް އިންތިހާބުގައި އެ މީހަކު ރެޖިސްޓްރީވެފައިވާ ތަނަށް ވޯޓުލުމުގެ ބަދަލުގައި، އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ވޯޓު ދެވޭ ގޮތަށް ސިޔާސަތު ބަދަލުކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅައިފި އެވެ.
އަންނަ އޮކްޓޫބަރު 1 ގައި ބާއްވާ ކޮންގްރެސްއަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުށަހަޅުއްވައި، މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ތާއިދުކުރެއްވި "ބޮޑު ބަދަލު" ގަރާރުގައި ބުނެފައި ވަނީ، ލާމަރުކަޒީ ނިޒާމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބޭނީ އެ މީހަކު ހިދުމަތް ހޯދާ ކައުންސިލެއްގެ ކައުންސިލަރުން އިންތިހާބުކުރުމުގެ ފުރުސަތު ލިބިގެން ކަމަށެވެ. އެހެންކަމުން އެ ބަދަލު ގެންނަން ކުރަންޖެހޭ ދިރާސާތައް ކުރުމަށް ގަރާރުގައި ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން ދައުލަތުގެ ކޮންމެ މަގާމަކަށް އިންތިހާބުކުރެވޭ މީހަކު ވެސް ދައުރުގެ ތެރޭގައި ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދިނުމާއި، ރައްޔިތުންގެ މަޖިލީހަކީ އެކިއެކި ފަންނުތަކުގެ މީހުންގެ މައްޗަށް އެކުލެވޭ "މަތި ގެ" އެއް ހިމެނޭހެން ދެ ގޭގެ މައްޗަށް އެކުލެވޭ މުއައްސަސާއަކަށް ހެދުމަށް ދިރާސާކުރުން ވެސް މި ގަރާރުގައި ހިމެނެ އެވެ.
ކަމުގެ މާހިރުން ފާހަގަކުރާ ގޮތުގައި އެ ރަށެއްގައި ދިރިއުޅޭ ބަޔަކަށް މުނިސިޕަލް ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ނުލިބުމަކީ ޑިމޮކްރަސީގެ އަސާސްތަކާ ހިލާފު ކަމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކައުންސިލް އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ދެނީ އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށް އިސްކަންދީގެންނެވެ.
ކޭޕޮޕް ތަރި ލީސާގެ ޑޮކިއުމެންޓްރީއަށް އާއްމުންގެ ހޫނު ތަރުހީބެއް!
ކްރޭޝް ޑައިޓުތަކުގެ އަނދިރި ފަރާތް: ކެންސަރަށް އޮތް ފަހި މަގެއް؟
ބީއެމްޑަބްލިއު އިންޑިއާގެ އެމްބެސެޑަރަކަށް ރަންވީރު!