ރަސްމާލެއިން ހިއްކާ ބިމުގެ ތެރެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދިނުމަށް ވެފައިވާ ސިއްރު އެއްބަސްވުމަށް އާނއެކޭ ބުނެގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސޯލިހު ވިދާޅުވީ ފޮރިން އިންވެސްޓްމަންޓާއި ރެސިޑެންސް ވިސާ ދިނުމާ ދެކޮޅު ނޫން ކަމަށާއި، ނަމަވެސް ސިއްރުން ހަދާ އެއްބަސްވުންތަކަށް އެމްޑީޕީގެ ސަރުކާރެއްގައި ޖާގަ ދީގެން ނުވާނެ ކަމަށެވެ.
އެމްޑީޕީގެ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ސޯލިހު ވަނީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރާއި އީގަލް ހިލްސްއިން މައުލޫމާތު ހާމަކުރުމަށް ގޮވާލައްވާފަ އެވެ.
ރައްޔިތުންގެ ފައިސާއިން ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހަރަދުކޮށްގެން ފުށިދިއްގަރު ފަޅު ހިއްކާއިރު، އެތަނުން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް ދިނުމުން ރައްޔިތުންނަށާއި ސަރުކާރަށް ލިބޭ ފައިދާއެއް ސާފުވާންޖެހޭ ކަމަށް ސޯލިހު ވިދާޅުވި އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެއީ މުޅި މާލޭގެ ދެ މާލެއަށްވުރެ ބޮޑު ބިމެކެވެ.
ރަސްމާލެއިން ބިން ދިނުމަށް އީގަލް ހިލްސްއާއެކު ސިއްރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އެ އެއްބަސްވުމުގެ ތަފްސީލު ހާމަނުކޮށް ސަރުކާރުން ބުނެފައިވަނީ އެތަން ދިނީ ނުވަދިހަ ނުވަ އަހަރަށް، ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއްވެސް ނުނަގާ ގޮތަށް ކަމަށެވެ.
ނިމުނު އެމްޑީޕީ ސަރުކާރުގައި ވ. އަތޮޅު ފޮއްތެޔޮ ފަޅު ބޭރުގެ ފަރާތަކަށް ދީގެން ސަރުކާރަށް 43 މިލިއަން ޑޮލަރު ލިބުނުކަން ސޯލިހު ފާހަގަކުރެއްވި އެވެ. އަދި ނ. އަތޮޅުން 24 މިލިއަން ޑޮލަރު އެޑްވާންސް ފައިސާގެ ގޮތުގައި ނަގައި ދިން ފަޅު، މި ސަރުކާރުން ހާއްސަ އިގްތިސާދީ މާހައުލުގެ ތެރެއަށް ލުމުން ޓޫރިޒަމް ގާނޫނުގެ ދަށުން ލިބެން އޮތް ފައިސާ ގެއްލިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސްގެ ރަސްމީ މަސައްކަތްތައް ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިންވެސްޓްމަންޓް ފޯރަމެކެވެ.
އެލާމްއަކާ ނުލާ ގަވާއިދުން ހޭލަން ބޭނުންތަ؟ މިއޮތީ ސިއްރު!
އަހަރެންގެ ހަޔާތުގެ ވާހަކަތައް އަހަންނާއެކު ވަޅުލެވޭނެ: ސަލްމާން
ޔޫއޭއީން ދޫކޮށްލި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނެސްފި

އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ މާލޭ އަމިއްލަ ވިޔާފާރިވެރިން އުނަގަނޑު ބިންދައިގެން ހޯދާ ފައިސާ ކޮޅު އެއްކޮށް އެކި ނަންނަމުގައި ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަމުންދާއިރު އެމެންނަށް މީރާއިން އިނާމެއްގެ ގޮތުގައި ދެނީ މެޑެލް ގަނޑެކޭ އެމެންގެ ވިޔާފާރި ކުރިއަރުވާނެ ގޮތްތައް ފަހިކޮށްދޭން މީރާއަށް ވެސް ނޭގި ސަރުކާރަށް ނޭގި އޮތްކަމުންނޭ ރަސްމާލޭން 500 ހެކްޓަރުގެ ބިން ޔޫއޭއީ ބަޔަކަށް ހިލޭ ސަރުކާރުން ދީ ޓެކްސްޕޭޔަރ އުއްމީދުގައި ޗާބުކުން ތަޅާނީ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ރޯނާވެ
ރަސްމާލެ އެއްބަސްވުމަށް އެމްޑީޕީ ސަރުކާރުން ޖާގަދީގެން ނުވާނެ ކަމަށް ރައީސް އިބޫ ވިދާޅުވާނަމަ އިބޫ އަށް ތާއީދު ކުރާ ހުރިހާ މެމްބަރުން ޖެހޭނެއޭ ރަސްމާލެ ހިލޭ ޔޫއޭއީ ކުންފުންނަކަށް ދީގެން އުޅޭ މައްސަލަ ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ނަގައިގެން ބަލާށޭ ރިޔާސީ އިންތިޚާބުގެ ޕީއެންސީ ގެ ކެމްޕެއިނަށް ފައިސާ ހޯދަން ނުޖެހޭނެއޭ ރަސްމާލޭން 500 ހެކްޓަރުގެ ބިން 2 ބިލިއަން ޑޮލަރުގެ ކަޓެއް ޖައްސާ ހިލޭ ދޭން މިގޮތަށް މިކަން ފަށައިފިނަމަ ރާއްޖެވިއްކާ ހުސްކުރާނެ ހުސްކުރާނެއޭ މިކަން ދަންނާށޭ ދަންނާށޭ ދަންނާށޭ...
ރަސްމާލެ އަލުން އަނބުރާ ދިވެހިންނަށް ހޯދާދޭން ޖިހާދު ކުރަން ނިކުންނަ ރައީސުންގެ ތެރޭގައި ރައީސް އިބޫ ހިމެނުން މީ އުފާކުރަން ހައްގު ކަމެކޭ މީ ގައުމުގެ ހައްގުގައި ޖިހާދު ކުރަން ކެރޭ ވެރިންނަކީ ރަސްމާލެ ހިލޭ އިޒްރޭލަށް ވާގިވެރިވާ ބަޔަކަށް ދޭނީ އެއީ ނުބައިވެގެންވާ ބަޔެކޭ ސްޕިންގް ހެޑް ބޭޑް ހެޑް އެވްރީ ބޮޑީ އޮފް ދެމް ހޭޒް ގޯން ބޭޑް އެން ކްރޭޒީ އޮފް ކޮރަޕްޓް މަނީ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯން ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯން ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯން ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް
ގައުމުގެ މިނިވަން ކަން އަލުން އަނބުރާ ހޯދުމަށް ޓަކައި ރަސްމާލެ އެއްބަސްވުން އުވާލަން ރައީސް އިބޫ ތާއީދު ކުރުން އެއީ ގައުމުގެ ދަރިން ތައް އަދު ލޯބިން ލޮލުން ފޭދެމުންދާ ކަރުނަ ފުހެލާނެ ކަމެކޭ ރަސްމާލެ އެއްބަސްވުން ގައުމު ދެވަނަ ފަލަސްތީނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނާތީ އެކަމުން ގައުމު ސަލާމަތް ކުރަން އަދު ގައުމުގެ ހުރިހާ ރައީސުން އެކައްޗެއް ކިޔުން ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ޓު މީ އޯއް އޯއް