މި ހިނދުގައި ވެސް ދައުލަތް ހިންގުމާ ހަވާލުވެވަޑައިގަތުމަށް ފުރިހަމައަށް ތައްޔާރަށް ހުންނެވި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގެ ރިޔާސަތުގައި އިންނަވައި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވީ، މި ސިކުންތުގައި ވެސް ދައުލަތާ ހަވާލުވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
މި ބަހުސް ފެށިގެން ދިޔައީ އެމްޑީޕީގެ އަސާސީ ގަވާއިދަށް ގެންނަން ހުށަހެޅި އިސްލާހުތަކާ ގުޅޭގޮތުން ސަލީމް ވާހަކަދައްކަވަމުން، އެ ޕާޓީގެ އިދާރީ އޮނިގަނޑު އަބަދުވެސް އޮންނަންވާނީ ކުއްލިއަކަށް ސަރުކާރާ ހަވާލުވާން ޖެހިއްޖެ ހާލަތެއްގައި ވެސް އެކަން ކުރެވޭ ފަދަ ތަރުތީބަކުން ކަމަށް ވިދާޅުވުމުންނެވެ.
ސަލީމް ވިދާޅުވީ ޕާޓީގެ އޮނިގަނޑު އެ ވަގުތަކު ދައުލަތް ހިންގުމުގެ ނިޒާމު އޮންނަ ގޮތަށް ބައްޓަން ކުރެވިފައި އޮތުމަކީ، މާދަމާ ވެސް ވެރިކަމާ ހަވާލުވާން ފަސޭހަވާނެ ސަބަބެއް ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ވެރިކަން ފަދަ ދަނޑިވަޅެއްގައި، ކޮންމެ ވަގުތެއްގައި ވެސް ވެރިކަން ނެގުމަށް ރައްޔިތުން އެދިދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ސަލީމް ވަނީ، ޕާޓީން ފުރަތަމަ އިންތިޒާމުވެގެން ދައުލަތް ބަދަލުކުރާނީތޯ ނުވަތަ ދައުލަތަށް ބަދަލު ގެނައުމަށްފަހު ޕާޓީ ބަދަލުވާނީތޯ ސުވާލު އުފައްދަވާފަ އެވެ.
އުމުރުން 52 އަހަރުގައި ކަރިސްމާގެ ޒުވާންކަމުގެ ސިއްރަކީ ކޮބާ؟
އީރާނުން އުޅެނީ އިންތިހާބަށް ތެލުގެ އަގު އުފުލަން: ޓްރަމްޕް
ވިއްސާރައިގައި ހއ. ހދ. ގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް
ކޮންމެއިރަކުވެސް ވެރިކަމާ ހަވާލުވާންތައްޔާރު ކިޔާނެކަމެއްނެތް ކަލެޔާވެރިކަން ހަވާލުކުރާކަށެށް ދިވެހި ރައްޔިތުންނޭދޭ މޮޔަވެގެންއުޅޭ ގެރިއެށްހެންތެޅިބާލާނެކަމެއްނެތް ވަރަށް ސަލާމް
މިބާވަތުގެ ހުރިހާ އިވެންޓް ތައް ބާއްވަންވީ މާލެ ކައިރި ރިސޯރޓް ތަކުގައޭ އަދި މާލެ ކައިރި ރިސޯރޓް ތަކުގެ ބިލްޑް އަޕް އޭރިޔާ %90 އަށް ހަދަން ހުއްދަދީ މާލެ ސަރަހައްދުގައި މައިސް ޓޫރިޒަމް ތައާރަފް ކުރާށޭ ކްރޮސްރޯޑް ފަދަ ރިސޯރޓް ތަކުގައި ހޮލީވުޑް ލަވަކިޔުންތެރިން ޓުއާ ތައް ހެދުމުގެ ކުރިން އެމެންގެ ރިހާސަލް ބާއްވާ ތަނަކީ މާލެ ސަރަހައްދުގެ ކްރޮސްރޯޑަށް ހަދާށޭ އެރަށްތައް ބޮޑަށް ހިއްކާ މާލެ އާއި ކްރޮސް ރޯޑާއި ދެމެދު ބްރިޖް އަޅާ ހޮލީވުޑަށް އަމާޒުކޮށް ކުރާށޭ...