ޑިޖިޓަލް މީޑިއާ އާއި ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާކަން ސާބިތު ވެފައިވީ ނަމަވެސް، ކުދިން އެކަމުން އެއްކޮށް މަހުރޫމް ކުރުމުގެ ބަދަލުގައި އެކަން ރައްކާތެރި އަދި ފައިދާހުރި ގޮތެއްގައި ބޭނުން ކުރަން ދަސްކޮށްދިނުން މުހިންމު ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
ސިއްހީ މާހިރުންނާއި ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ޑިޖިޓަލް މީޑިއާ ބޭނުން ކުރުމުގެ ސަބަބުން ފައިދާތަކަށްވުރެ ބޮޑަށް ނޭދެވޭ ނަތީޖާ ފެންނަ މިންވަރު އިތުރެވެ.
ހާއްސަކޮށް ނަފްސާނީ ގޮތުން ބަލިކަށި ކުދިންނާއި، އާއިލީ އަދި އިޖުތިމާއީ އެހީތެރިކަން ކުޑަ ކުދިންނަށް މީގެ ނުރައްކާ މާ ބޮޑެވެ. ނަމަވެސް، ކިތަންމެ ވަރަކަށް ނަސޭހަތްދީ މަނާކުރި ކަމުގައި ވިޔަސް، އާންމު ދިރިއުޅުމުގެ ތެރެއަށް ޑިޖިޓަލް ވަސީލަތްތައް ވަދެފައިވާ މިންވަރުން ކުދިން އެއާ ދުރު ކުރުމަކީ އަމަލީ ގޮތުން ދަތި ކަމެކެވެ.
ޖެނީވާގެ "ޑިޖިޓަލް ޓްރާންސްފޯމޭޝަންސް ފޯ ހެލްތު ލެބް"ގެ ރިސާޗް ކޯޑިނޭޓަރު ހޮލީ ފާހަގަ ކުރެއްވި ގޮތުގައި، މީގެ ހައްލު ހޯދުމަކީ ހަމައެކަނި ބެލެނިވެރިންގެ ކޮނޑުގައި އެކަނި އެޅެންޖެހޭ މަސްއޫލިއްޔަތެއް ނޫނެވެ.
އޭގެ ބަދަލުގައި، ކުދިން ޑިޖިޓަލް މީޑިއާ ބޭނުންކުރަނީ ކޮން މަގުސަދެއްގައިކަން ދެނެގަނެ، އެކަން ހެޔޮ ގޮތުގައި ބޭނުން ކުރަން މަގު ދައްކައިދިނުން މުހިއްމެވެ.
ޑިޖިޓަލް މީޑިއާގެ ސަބަބުން ކުދިންނަށް ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި:
- އަމިއްލަ މިނިވަންކަން ދެނެގަތުން: އަމިއްލަ ޝައުގުވެރިކަން ހުންނަ ދާއިރާތަކުން މައުލޫމާތު ހޯދައި ދެނެގަތުން.
- އިޖުތިމާއީ ގުޅުން: އެކުވެރިންނާ ގުޅުން ބަދަހިކުރުމާއި، އެއްގޮތް ޝައުގުވެރިކަން ހުންނަ ކުދިންނާ ބައްދަލުވުން.
- އުނގެނުމާއި މުނިފޫހިފިލުވުން: ތައުލީމީ މައުލޫމާތު ހޯދުމާއި ރައްކާތެރި ގޮތުގައި މުނިފޫހިފިލުވުން.
މާހިރުން އިރުޝާދު ދެއްވަނީ، ބެލެނިވެރިން ކުދިންގެ ސްކްރީން ޓައިމް ނުވަތަ ފޯނު ބޭނުންކުރާ މިންވަރު ބަލައި، އެކުދިން ބަލާ އެއްޗެއްސާއި ކުރާ ކަންކަމަށް ސަމާލު ވުމަށެވެ.
އެއާއެކު ކުދިންނަށް ޑިޖިޓަލް މީޑިއާ ބޭނުން ކުރެވޭނެ އިންތަކެއް ކަނޑައަޅައި، އެ ވަސީލަތްތައް ބޭނުންކުރަންވާނީ ވަކި މަގުސަދެއްގައި، އާއިލާގެ އެހީތެރިކަމާއި ބެލެނިވެރިކަމުގެ ދަށުންކަން ކަށަވަރު ކުރުން މުހިއްމެވެ.
ޝަކީރާއާ ގުޅުނު ކަމަށް ބުނާ ހަބަރުތައް ބެން ދޮގުކޮށްފި
އުމުރު ދުވަހުގެ ހުކުމެއްގައި ހުރި ޑްރަގު ޑީލަރަކު މިނިވަންކޮށްފި
އެގްރޯނެޓްގެ އެމްޑީ ކަމަށް ކުރީގެ މެންބަރު ސިނާން އައްޔަންކޮށްފި