އައްޑޫގައި ފުޅާ ދާއިރާއެއްގައި ޑްރަގު ނެޓްވޯކެއް ހިންގި ކަމުގެ ތުހުމަތުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލް ބޯޑުގެ ނިންމުމަކާއެކު މިނިވަންކޮށްފި އެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ޑްރަގްގެ މިހާ ބޮޑު މައްސަލައެއްގައި ކޯޓުން ކުރި ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކު ޖަލުން މިނިވަންކުރި ފުރަތަމަ ފަހަރެވެ.
ރާއްޖެއަށް 80 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 2020 ވަނަ އަހަރު ހައްޔަރުކުރި އަބުޗާގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން، އަސްލު އަންނަން އޮތް 50 އަހަރުގެ ޖަލު ހުކުމް 25 އަހަރަށް ލުއިކޮށްދިނުމުން، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ މެއި މަހު އެވެ.
އިތުބާރު ހުރި މަސްދަރުތަކުން "ދައުރު" ނޫހަށް ކިޔައިދިން ގޮތުގައި، ޝަރުތުތަކަކާއެކު އަބުޗާ މިނިވަންކުރުމަށް ޕެރޯލް ބޯޑުން ނިންމުމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ މިދިޔަ އަންގާރަ ދުވަހު އޭނާ ދޫކޮށްލާފަ އެވެ. ނަމަވެސް އޭނާ ދޫކޮށްލި އިތުރު ތަފްސީލެއް އަދި އެކަމާ ގުޅޭ ގޮތުން ކަރެކްޝަންސްއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ ތަހުގީގުގައި ރާއްޖެއަށް ޑްރަގް އެތެރެކުރާ ނެޓްވޯކެއްގެ އެންމެ އިސްފަރާތުގެ ގޮތުގައި ސިފަކޮށްފައިވާ އަބުޗާ، ހުކުމުގެ ކުރިން ބަންދުގައި ހުރި މުއްދަތާއެކު މިހާތަނަށް ތަންފީޒުކޮށްފައިވަނީ ފަސް އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން އޭނާގެ ހުކުމުން ބާކީ އަށްޑިހަ އިންސައްތަ ނުވަތަ 20 އަހަރުގެ މުއްދަތެއް އަދި އޮތީ ތަންފީޒުނުކުރެވި އެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ނުވަ މެންބަރުންގެ ބޯޑަކުން ޕެރޯލްގެ ނިންމުންތައް ނިންމާއިރު، މި ނިޒާމު ހިންގުމުގެ މުޅި ޒިންމާ ގާނޫނުން މަތިކޮށްފައިވަނީ ހޯމްލޭންޑް މިނިސްޓަރުގެ ލަފާގެ މަތިން ކޮމިޝަނާ އޮފް ކަރެކްޝަންސްއަށެވެ.
ޑިޖިޓަލް މީޑިއާގެ އަސަރުތަކުން ދަރިން ރައްކާތެރި ކުރާނީ ކިހިނެއް؟
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލެއް ހުށަހަޅައިފި
އިމީލީގެ ކަށުނަމާދު މަޣްރިބު ނަމާދަށްފަހު
ހައްހައްހައް.. ހައްހައްހައް.. ހައްހައްހައް.. ހައްހައްހައް.. ހައްހައްހައް.. ހައްހައްހައް.. ހައްހައްހައް.. ހައްހައްހައް..
ރިޕްލައި