ދާރުއްސަލާމް (19 މެއި) - އިޒްރޭލާއި ފަލަސްތީނާ ދެމެދު މިހާރު ކުރިއަށްދާ ކުރިމަތިލުންތަކުގައި ހަމަލާތައް ހުއްޓާލަން ހަމާސްއިން އެއްބަސް ވެފައިވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުގައި ފަތުރަމުންދާ ހަބަރުތައް އެ ޖަމާއަތުން ދޮގުކޮށްފި އެވެ.

ހަމާސް ޖަމާއަތުގެ އިސް މެމްބަރެއް ކަމަށްވާ އިއްޒަތު އަލް ރިޝްގު ވިދާޅުވީ ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ހަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށާއި ހަމަލާތައް ހުއްޓާލަން ވަކި ތާރީހެއް ނުވަތަ ވަގުތެއް ހަމަޖެހިފައި ނުވާ ކަމަށެވެ.

އދ. އާއި މިސްރު އަދި ގަތަރު އިސްވެ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް މަޝްވަރާތައް ކުރެވެމުންދާއިރު އަދި އެއްވެސް ނިންމުމަކަށް އާދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއާއެކު އޭނާ ވިދާޅުވީ ހަމާސް ޖަމާއަތާއި ފަލަސްތީނު ރައްޔިތުން ބޭނުންވާ ކަންތައްތައް ވަރަށް ސާފު ކަމަށާއި މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ގިނަ ގައުމުތަކަކުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަމާސް ޖަމާއަތުން އަންނަ ބުރާސްފަތި ދުވަހު ހަމަލާތައް ދިނުން ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް ފާއިތުވި ހަފުތާގެ ތެރޭގައި ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ. –-ޓައިމްސް އޮފް އިޒްރޭލް