އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތައް އިތުރުކޮށް، އެމަނިކުފާނުގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ އިއްޔެ އެވެ.
މިގޮތަށް ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސާއި ރަށު ކައުންސިލްތަކުގެ މުސާރަ ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
އެއާއެކު މިއަދު ނެގި ވޯޓުގައި 40 މެންބަރުން ވޯޓު ދެއްވީ އެގޮތަށް ފާސްކުރުމަށެވެ. ނަމަވެސް އެމްޑީޕީގެ 12 މެންބަރުން ވަނީ އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ.
މިހާރު އުއްތަމަ ފަނޑިޔާރަށް މަހަކު ލިބިވަޑައިގަންނަވަނީ 91،000 ރުފިޔާގެ މުސާރައެކެވެ. މި ބަދަލު ފާސްކުރުމާއެކު، އުއްތަމަ ފަނޑިޔާރަށް ދެން ޖުމުލަ މުސާރައިގެ ގޮތުގައި މަހަކު 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް މުރާޖާކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. މަމްދޫހު ވިދާޅުވީ ދައުލަތުގެ މުސާރަތަކަށް ގެނެވުނު ބަދަލުތަކާއެކު އުއްތަމަ ފަނޑިޔާރަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައެއް ލިބިވަޑައިގަންނަވަންޖެހޭ ކަމަށެވެ. އެގޮތުން އޭނާ ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރުގެ ހާއްސަ އެލަވަންސަށް 4،125 ރުފިޔާ އިތުރުކުރުމަށެވެ.
ތޫފާން "އަރްނަބް" އިންޑިއާގެ އަންދްރަ ޕްރަދޭޝަށް އަރައިފި
ސީއައިޑީގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ބީޕީ ސިންގް މަރުވެއްޖެ
ބިންތައް އަތުލުން ހުއްޓުވަން ސިޓީ ކައުންސިލުން ކޯޓަށް
އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް 95،000 ރުފިޔާއަށް ބޮޑުކުރަނީ