ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ.
ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ނަންގަވައި, އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައި, މާދަމާ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން ކުރިން ތާވަލްކުރި އެވެ.
ނަމަވެސް އެ މައްސަލާގެ ހުކުމް އިއްވުމުގެ މަޖިލިސް މާދަމާ ނުބާއްވާނެކަން ޔާމީންގެ ވަކީލުންނަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ އަންގައިފަ އެވެ. އަދި ހުކުމް އިއްވާނެ ދުވަހެއް އަދި ސާފެއް ނުވެ އެވެ.
އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަނާއި ސަން އިންޖިނިއަރިންގެ އިތުރުން ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާކުރި އެވެ. އޭގެ ތެރެއިން ސަން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވާއިރު, ކްރިކް ރިޒާގެ މައްސަލަ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
އެ މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައާ ގުޅިގެން ވެސް ޔާމީނަށް ދައުވާކުރެ އެވެ. އެ މައްސަލާގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރިން އިއްވި ނަމަވެސް ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށް, އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
"ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވީ ކަރަންޓު ޝޯޓުވެގެން ކަމަށް ބެލެވޭ"
އޮޅުވާލައިގެން 60،000 ރުފިޔާ އަތުލި ތިން މީހަކު ހައްޔަރުކޮށްފި
ހޯމްސްކޫލިންގެ ނަމުގައި އުޅެނީ ޒުވާން ޖީލު މަގުފުރައްދަން: ނަޝީދު