ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ރިޓަޔާ ކުރެއްވުމަށް އެދި ހުށަހަޅާފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ފަނޑިޔާރު އަލީ ރަޝީދަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ފަނޑިޔާރުކަން ކުރައްވަން ފެއްޓެވީ 5 މާޗު 2007 ގަ އެވެ. އެއަށްފަހު އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ގާޒީކަމާއި، ސިވިލް ކޯޓުގެ އިސް ގާޒީކަމާއި، ޑްރަގް ކޯޓުގެ ގާޒީކަން ކުރައްވާފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ, ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މަގާމުގަ އެވެ.
އަލީ ރަޝީދު ވަނީ ޝަރީއަތާއި ޤާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފަ އެވެ. އެގޮތުން 2002 ވަނަ އަހަރު މިސުރުގެ އަލްއަޒުހަރު ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވުމަށްފަހު، 2006 ވަނަ އަހަރު އެމެރިކަން އޯޕަން ޔުނިވަސިޓީން މާސްޓާސް ފުރިހަމަ ކުރެއްވި އެވެ.
"ހޯމް ސްކޫލިންގެ ނަމުގައި އުޅެނީ ޒުވާން ޖީލު މަގުފުރައްދަން"
އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،000ރ. އަށް ބޮޑުކުރަން ފާސްކޮށްފި
