ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރ. ފުއްގިރި މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފައިވަނިކޮށް، އެ މައްސަލައިގެ ބައެއް ކަންކަން އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވައިފި އެވެ.
ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ޔާމީންގެ ފަރާތްޕުޅުން ބައެއް ކަންކަން އެ ކޯޓަށް ހުށަހަޅުއްވާފައިވަނީ އިއްޔެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެއްވީ ކޮންކޮން ކަންތައްތަކެއްކަން އަދި ސާފުވެފައެއް ނުވެ އެވެ.
އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މި މައްސަލަތައް ބަލައިގަތުމާމެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވެ އެވެ.
މި މައްސަލަތައް ހައިކޯޓަށް ހުށަހެޅުއްވިއިރު، ކްރިމިނަލް ކޯޓުގައި އޮތް ފުއްގިރި މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން ވަނީ ފަސްކޮށްފަ އެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާ ކުރައްވަނީ
ސައުދަށް ކުރާ 2 ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ
