ދައުލަތުން އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، އޭގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ސިއްހީ ދާއިރާއަށް ދިނުމުގެ ގޮތުން 10.2 ބިލިއަން ރުފިޔާ އެ ދާއިރާއަށް ހާއްސަކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ބަޖެޓުގެ ތަފުސީލުތައް އިއުލާނުކުރައްވަމުން ވިދާޅުވީ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ގައުމުގެ މުސްތަގުބަލަށްޓަކައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ކަށަވަރުކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، މިއަހަރަށް ފާސްކުރާ ބަޖެޓުގައި އެންމެ އިސްކަންދޭނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ނިމިދިޔަ އަހަރުގެ ބަޖެޓު ހާއްސަކޮށްފައި ވަނީ ބޯހިޔާވަހިކަމަށެވެ. ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ 18 އަހަރުން މަތީގެ އެންމެންނަށް ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށްވެފައި، އެ ދާއިރާއަށް ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާނެ ކަމަށް ކުރިން އިއުލާނުކުރި އެވެ.
އެހެންނަމަވެސް، ދައުލަތުން މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކޮށްފައިވާ ހަރަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކުން ބޯހިޔާވަހިކަމަށް ކަނޑައެޅި 1.8 ބިލިއަން ރުފިޔާގެ ތެރެއިން ސަރުކާރުން ހަރަދުކުރީ އެންމެ 164 މިލިއަން ރުފިޔާ އެވެ. މިއީ މުޅި ބަޖެޓުގެ އެންމެ ނުވަ އިންސައްތަ އެވެ. ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައަކީ ބޯހިޔާވަހިކަން ކަމަށްވާއިރު، އެ ދާއިރާގެ މަޝްރޫއުތަކަށް ކަނޑައެޅި ފައިސާގެ ބޮޑު ބައެއް ހަރަދުނުކުރެވި އޮތުމުން އާންމުންގެ ކަންބޮޑުވުންތައް ވަނީ މަތިވެފަ އެވެ.
ފުއްގިރި މައްސަލައިގެ ބައެއް ކަންކަން ޔާމީން އިސްތިއުނާފުކޮށްފި
ރިކަރަންޓް ހަރަދު ބޮޑު، 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް
ވިކީ އަބަދުވެސް ދަރިފުޅަށް ވަގުތު ހުސްކުރޭ: ކެޓްރީނާ