ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވާ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަލީ ސަމީރު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދީފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވަނީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން އެ މަގާމުން ރިޓަޔާ ކުރައްވާތީ އެވެ. އެހެންވެ, އެ މަގާމަށް ކުރިމަތިލެއްވީ ސަމީރާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
އެ މަގާމަށް ސަމީރު އައްޔަންކުރަން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދޭން ޖޭއެސްސީން ނިންމި ނަމަވެސް އެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.
ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 އާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރު ކަމާއި އަދިި އޭގެ ކުރިން ސިވިލް ކޯޓުގެ އިސް ގާޒީކަން އޭނާ ކުރެއްވި އެވެ. އަދި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަން ވެސް ސަމީރު ކުރެއްވި އެވެ.
ޖަލްސާއަށްދާ އަނބިންނާއި ފިރިންގެ ލިސްޓު ފޮނުވަން އަންގައިފި
ވެރިކަމަށް 3 އަހަރުވިއިރު އޮތީ ފުނިޖެހިފައިވާ މާޔޫސްކަން!