ނޮވެންބަރު 26 އިން 28 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ" (ވަރަ އެކްސްޕޯ 2026) ގެ ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީއާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވެއްޖެ އެވެ.
މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ދާއިރާތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ވަޒީފާދޭ ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން، ކެރިއާ ކައުންސެލިން ސެޝަންތަކާއި، މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެ އެވެ.
މި އެކްސްޕޯގައި ބީއެމްއެލްގެ ފަރާތުން އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް ހިންގާ ތަމްރީނުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ. މިއީ ޒުވާނުން ބާރުވެރިކުރުވުމަށާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ފުރިޖުތަކަށް ދިން ސައިބާ ހަމަލާއާ ގުޅިގެން އީރާނަށް ފިޔަވަޅު
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އެއްބަސްވުމުގައި ސޮއިކޮށްފި
